
--
ޕްރައިވެޓައިޒޭޝަން ކޯޕަރޭޝަން ބޯޑު ގެ މެމްބަރުކަމުގައި ހުންނެވި މޫސާ ފަތުހީ އާދަމް އިސްތިއުފާ ދެއްވައިފި އެވެ.

ޕީސީބީން މިއަދު ވިދާޅުވީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑް މެމްބަރު، ށ. ކޮމަންޑޫ - ރަންކޮކާގެ، އަލްއުސްތާޒް މޫސާ ފަތުޙީ އާދަމް، 20 އެޕްރީލް 2026 ގައި އިސްތިއުފާ ހުށަހަޅާފައިވާތީވެ، ޕީސީބީގެ ބޯޑް މެމްބަރުކަމުން އޭނާ ވަކިވެފައިވާކަމަށެވެ.
މޫސާ ފަތުހީ މިއަދު އެމަގާމު އިސްތިއުފާދެއްވިއިރު، ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިއަދު ވަނީ އޭނާ އައްޔަންކޮށްފައެވެ.
މޫސާ ފަތުޙީ އާދަމް އަކީ މީގެ ކުރީން ސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަން އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން ދާދި ފަހުން އުވާލި ލޯކަލް ގަވަރންމަންޓް މިނިސްޓްރީއަށް އެންމެ ފުރަތަމަ އައްޔަނުކުރެވުނު އެއް ސްޓޭޓް މިނިސްޓަރަކީ މޫސާ ފަތުޙީ އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މީހުން ހަމަޖެއްސުމާއި ކުންފުނިތަކާ ބެހޭ އެކި ޒިންމާތަކާ ހަވާލުކޮށްފައި އޮންނަ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން (ޕީސީބީ) ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އުފައްދާފައި ވަނީ ދައުލަތުގެ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން 2013 ވަނަ އަހަރުއެވެ.






