logoEN
WAMCO TOP 1
ނަރީޝްގެ ޒާޔާއަށް: ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ގޯސްހެއްދެވިނަމަ، 2 އަހަރުވީއިރު އެވާހަކަ ނުދެއްކީ ކީއްވެގެންތޯ؟

ނަރީޝްގެ ޒާޔާއަށް: ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ގޯސްހެއްދެވިނަމަ، 2 އަހަރުވީއިރު އެވާހަކަ ނުދެއްކީ ކީއްވެގެންތޯ؟

# އަހުމަދު ނަރީޝް

-

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު ހައްދަވާފައިވާ ގޯސްތަކުގެ ވާހަކަ، މިހާރުގެ އެމްޑީޕީ މޭޔަރު އާދަމް އާޒިމް ނުދައްކަވަނީ ކީއްވެތޯ ބުނެ، ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް، ހުޅުމާލެ އުތުރު ދާއިރާގެ އިންތިހާބީ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ގެ ވާހަކަތަކަށް ރައްދުދެއްވައިފި އެވެ.

THE TRAVELLER AD

ނަރީޝް މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގައި ޒާޔާ ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެމްޑީޕީ މުޒާހަރާގައި ޒާޔާ ވިދާޅުވީ، މާލޭގެ މޭޔަރު ކަމުގެ މަގާމުގައި ރައީސް ޑރ. މުއިއްޒު ހުންނެވި ދުވަސްވަރު ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލައި، އެކަމުގެ "ކުޅި ދައްކާލާނެ" ކަމަށާއި، އެމްޑީޕީއަށް ވުރެ ބޮޑަށް ދިވެހި ރައްޔިތުންދެކެ ލޯބިވާ، ރައްޔިތުންގެ ހައްގުތަކަށް ވަކާލާތު ކުރާނެ އެހެން ޕާޓީއެއް ނޯންނާނެ ކަމަށެވެ.

މިވާހަކަތަކަށް ރައްދުދެއްވައި ނަރީޝް ވަނީ، މިއަދުވެސް މޭޔަރަކަށް ހުންނެވީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅެއްކަމަށާއި، މަގާމުގައި 2 އަހަރާއި 4 މަސް ވެގެންދާއިރު އެވާހަކަ ނުދަައްކަވަނީ ކީއްވެކަމަށް ބުނެ ސުވާލު އުފައްދާފައެވެ.

"މިފަހަރުވެސް އިންތިހާބުވީ އެބޭފުޅާ ކައުންސިލްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަންއަކީވެސް އެބޭފުޅާ. ހުރިހާ ލިޔެކިޔުންތައް ހުންނަނީވެސް އެބޭފުޅާގެ ބެލެނިވެރިކަމުގައި. މިވީ ދެ އަހަރާއި ހަތަރު މަހު ކާކު ތޯ ލިޔެކިޔުން ތަކުގައި ހިފެހެއްޓާ ބަލަން ހުރަސް އެޅީ؟" - ނަރީޝް ވިދާޅުވި އެވެ.

މިކަންކަން އެމްޑީޕީން ނުބަލާ އެ ތިބެނީ ރައީސް އާއި ދިމާއަށް ބުނެވޭނެ އަދި ކުރެވޭނެ ކަމެއް ނެތުމުން ކަމަށާއި، އެމަނިކުފާނަކީ އެފަދަ އަމަލުތައް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC