logoEN
WAMCO TOP 1
ނަރީޝް މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރަކަށް!

ނަރީޝް މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރަކަށް!

އަހުމަދު ޝުރާއު

logo

3/16/2025, 2:32:36 PM

# އަހުމަދު ނަރީޝް

--

މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ޔޫތު މިނިސްޓްރީގެ އެޑްވައިޒަރަކަށް އައްޔަނުކުރައްވައިފި އެވެ.

THE TRAVELLER AD

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ގެ އެޑްވައިޒަރެއްގެ މަގާމަށް ނަރީޝް މިދިޔަ ބުރާސްފަތި ދުވަހު އައްޔަން ކުރެއްވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހީނާ ނުދެއްވައެވެ.

ނަރީޝް އެމަގާމަށް އައްޔަނުކޮށްފައިވަނީ މިނިސްޓަރެއްގެ ފެންވަރުގައި އެވެ.

ނަރީޝް ވަނީ މިމަހުގެ 12 ވަނަ ދުވަހު ކުއްލި ގޮތަކަށް ސިޓީ ކައުންސިލުގެ މެމްބަރުކަމުންނާއި ޑެޕިއުޓީ މޭޔަރު ކަމުން އިސްތިއުފާދެއްވާފައި އެވެ. އިސްތިއުފާގެ ސިޓީގައި ނަރީޝް ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރުމަށް ފުރުސަތު ލިބުމާއި ގުޅިގެން ކަމަށެވެ.

ނަރީޝް އަކީ ރައީސް ޑރ މުހައްމަދު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުންނެވި އިރު އެމަނިކުފާނާއި އެންމެ އަރިހުން މަސައްަކަތް ކުރެއްވި އެއް ބޭފުޅާއެވެ.

ކޮމެންޓް
ފަހުގެ
HDC