
މިދައުރުގެ ތެރޭގައި ރަސްމާލޭގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނެ، ރައީސް ވައުދު ފުއްދަވާނެ - ނަރީޝް
# އަހުމަދު ނަރީޝް-
މިދައުރުގެ ތެރޭގައި ރަސްމާލޭގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނެކަމަށް ޔޫތު މިނިސްޓަރުގެ އެޑްވަރިޒަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ނަރީޝް މިފަދައިން ވިދާޅުވެފައިމިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ އެންމެ ބޮޑު އުމްރާނީ މަޝްރޫއުކަމަށްވާ ރަސްމާލެ މަޝްރޫއުގެ ތެރެއިން އެތަނުގެ ބިން ނުހިއްކި މަޝްރޫއު ކުރިޔަށް ނުދާކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އެމަޝްރޫއުއަށް ފާޑުވިދާޅުވުމާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން ނަރީޝް ވިދާޅުވީ ރަސްމާލޭގައި ގޯތިތަށް ހިކެން ފަށާފައިވާކަމަށާއި ފަޅު އެއްގަމަށް ވާން ފަށާފައިވާ ކަމަށެވެ. އަދި މިދައުރުގައި ފެނާއި ނަރުދަމާގެ ހޮޅިތައް ބިމުއަޑީ ވަޅުލެވި، މަގުތަށް ހެދެން ފެށޭނެ ކަމަށާއި ފްލެޓްތައް އުފުލެން ފަށައި ގޯތިތަކުގައި ގެދޮރު އަޅަންފަށާނެކަމަށް ނަރީޝް ވިދާޅުވިއެވެ.
އިދިކޮޅަށް ފާޑުވިދާޅުވެ ނަރީޝް ވިދާޅުވީ އެދުވަހުވެސް ގޮވެލިފަތި ގޮވާމީހުން ހޯއްގޮވަގޮވާ ތިބޭނެ ކަމަށާއި" ކޮންކަމެއްހޭވީ %11 ޕަސެންޓޭ %16 ޕަސެންޓޭ" ގޮވަގޮވާ ތިބޭނެ ކަމަށެވެ. އަދި ވައުދުފުޅާއި އެއްގޮތަށް ރައީސް މުއިއްޒުގެ ސަރުކާރުން މި މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށް ގެންގޮސް ނިންމާލާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ ބޮޑު މަޝްރޫޢުއަކީ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުއެވެ.
ރަސްމާލެ ތަރައްޤީކުރަނީ 1153 ހެކްޓަރުގެ ފުށި ދިއްގަރު ފަޅުން 1009 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. މި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ނޫސްވެރިންނަށް އިއްޔެ ވަނީ ދައްކާލާފައެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ރަސްމާލެއިން ވަނީ 129.60 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. އެއީ މުޅި މަޝްރޫޢުގެ %12.84އެވެ.
މިހާރު ހިއްކާފައިވާ ސަރަޙައްދު ހުޅުމާލެ ފުރަތަމަ ފިޔަވައްސާ އެއްވަރަށް ބޮޑެވެ.
ގުޅުންހުރި

ނަރީޝްގެ ޒާޔާއަށް: ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ގޯސްހެއްދެވިނަމަ، 2 އަހަރުވީއިރު އެވާހަކަ ނުދެއްކީ ކީއްވެގެންތޯ؟

މިދައުރުގެ ތެރޭގައި ރަސްމާލޭގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނެ، ރައީސް ވައުދު ފުއްދަވާނެ - ނަރީޝް

ކަންބޮޑުވުންތައް ވަރަށް ގާތުން ރައީސް އެބަބައްލަވާ، ޒުވާނުންނާއި މެދު ރައީސް ދެރަގޮތެއް ނަހަދާނެ - ނަރީޝް




