logoEN
WAMCO TOP 1
ކަންބޮޑުވުންތައް ވަރަށް ގާތުން ރައީސް އެބަބައްލަވާ، ޒުވާނުންނާއި މެދު ރައީސް ދެރަގޮތެއް ނަހަދާނެ  - ނަރީޝް

ކަންބޮޑުވުންތައް ވަރަށް ގާތުން ރައީސް އެބަބައްލަވާ، ޒުވާނުންނާއި މެދު ރައީސް ދެރަގޮތެއް ނަހަދާނެ - ނަރީޝް

އަހުމަދު ޝުރާއު

logo

4/26/2025, 4:44:20 PM

# އަހުމަދު ނަރީޝް

--

ޒުވާނުންގެ ކަންބޮޑުވުންތައް ވަރަށް ގާތުން ރައީސް ޑރ މުހައްމަދު މުއިއްޒު ދަނީ ބައްލަވަމުން ކަމަށް ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

މިމަހުގެ 18 ވަނަ ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ގިނަ އަދަދެއްގެ ޒުވާނުން އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. އަދި މި މައްސަލާގައި ނުފޫޒު ގަދަ ބައެއް ހިމެނޭ ކަމަށާއި އެފަރާތްތަކުން މައްސަލ "އޮއްބާލަން" މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރަމުންނެވެ.

މިކަމާއި ގުޅިގެން ނަރީޝް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާނުންގެ ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި އެ ކަންބޮޑުވުންތައް ވަރަށް ގާތުން ރައީސް ޑރ މުހައްމަދު މުއިއްޒު ދަނީ ބައްލަވަމުން ކަމށާއި އިޖާބީގޮތެއްގައި ދެފުއް ފެންނަ ތަހުގީގެއް ކުރިޔަށް ގެންގެސް މިކަމުގައި ކުށްވެރިވާ ހަމަ ހުރިހާ އެއްމްންނާއި އިންސާފު ހަމަކުރާނެ ކަމަށެވެ.

އަދި ޒުވާނުންނާއި މެދު ރައީސް ދެރަގޮތެއް ނަހަދާނެ ކަމަށާއި ކަން ކަން ސިޔާސީ ކޮށްގެން ގައުމަށްވެސް ޒުވާނަކަށްވެސް ލިބޭނެ މޮޅެއް ނެތް ކަމަށް ނަރީޝް ވިދާޅުވިއެވެ.

އަދި ސުލްހަވެރިކަމާއި އެކު ޒުވާނުން ކުރަމުންދިޔަ އިހްތިޖާޖް ސިޔާސީކޮށް އޭގެއިން ސިޔާސީ މަންފާ ނަގަން އެމްޑީޕީ އަދި ޑިމޮކްރެޓްސް އާއި އެހެނިހެން ބައެއް ސިޔާސީ ލީޑަރުން ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުޓާލުމަށްވެސް ނަރީޝް ވަނީ ގޮވާލާފައި އެވެ.

View post on Twitter

21 އަހަރުގެ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގާއި މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ޒުވާނުން އަންނަނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން ޒުވާނުންގެ ގައުމީ ލަފާދޭ ކޮމެޓީގެ މެމްބަރުން އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC