
ޒެފާރސް އާއި ޕީއެސްއޭ ގުރޫޕްގެ އެއްވަނައަށް ޖެހިލިއިރު، އެސްޖީސީ އިން ފުރަތަމަ މޮޅު ހޯދައިފި
# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރުވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް : ފޮޓޯ: ގާފު ސްޕޯޓްސް
ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ އަންހެން ޑިވިޝަންގައި މިރޭ ކުޅުނު މެޗުތަކުން މޮޅުވެ ޒެފާރސް އަދި ޕްރޯ ސްޕޯޓްސް އެކަޑަމީ (ޕީއެސްއޭ) އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށްޖެހިލިއިރު، ސުޕަރ ޖެނަރޭޝަން ކުލަބު (އެސްޖީސީ) އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ގުރޫޕް ބީގެ ވެސްޓްއެންޑާއި ޒެފާރސް އެސްސީ ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ޒެފާރސް އިންނެވެ. އަދި މެޗުގެ ދެ ސެޓު ވެސް 11-16 ގެ ނަތީޖާއަކުން އެޓީމު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒެފާރސްގެ ފާތިމަތު ޖުނާ އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނައިގައި ޒެފާރސް އޮތްއިރު، މިމެޗުން ބަލިވި ވެސްޓްއެންޑް އެސްސީ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިަވގުތު އޮތީ ގުރޫޕް ބީގެ ތިންވަނައިގައެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ގުރޫޕް އޭގެ ޕްރޯ ސްޕޯޓްސް އެކަޑަމީ (ޕީއެސްއޭ) އާއި ކުލަބު ހުޅު ވާދަކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ޕީއެސްއޭ އިންނެވެ. މިމެޗުގެ ފުރަތަމަ ސެޓް 21-12 ގެ ނަތީޖާއަކުން ޕީއެސްއޭ އިން ކާމިޔާބުކުރިއިރު ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 15-10 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕީއެސްއޭގެ މަރިޔަމް ލީން އަހުމަދު އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނައިގައި ޕީއެސްއޭ އޮތްއިރު، މިމެޗުން ބަލިވި ކުލަބު ހުޅުން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕް އޭގެ ތިންވަނައިގައެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގައި މިރޭ ކުޅުނު ފަހު މެޗުގައި ގްރޫޕް ބީގެ އެސްޖީސީ އާއި ލަޔަން އާރުސީ ވާދަކުރި މެޗު ފޯރިގަދަ ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެސްޖީސީ އިންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ދެ ޕޮއިންޓްގެ ލީޑަކާއެކު 13-15 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެސްޖީސީ އިންނެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް 18-10 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލަޔަން އާރުސީ އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް މެޗު 4-3 ގެ ނަތީޖާއަކުން އެސްޖީސީ އިން ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އައިޝަތު އާނާ ފަތުހުﷲ އެވެ.
20 އެޕްރީލް 2026 އިން 24 އެޕްރީލް 2026 ގެ ނިޔަލަށް ދެ ޑިވިޝަނަކަށް ބަހާލައިގެން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި 11 ޓީމު ވާދަކުރަމުން އަންނައިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ދަނީ ބައިވެރިވި 11 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.
މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ޕްރިންޓް ޕާޓްނަރަކީ ރެޑް ކްރީޓިކް އެވެ. އަދި ކިޓް ޕާޓްނަރަކަށް ސްޕޯޓްސް އެމްޕޯރިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ. އަދި ލައިވްސްޓްރީމް ޕާޓްނަރަކަށް އޮން ދަ ފްލައި ފްރޭމްސް ހަމަޖައްސާފައިވާއިރު މިއަހަރުގެ މުބާރާތު ޓްރޮފީ ވެސް ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އިންނެވެ.
ގުޅުންހުރި

ޒެފާރސް އާއި ޕީއެސްއޭ ގުރޫޕްގެ އެއްވަނައަށް ޖެހިލިއިރު، އެސްޖީސީ އިން ފުރަތަމަ މޮޅު ހޯދައިފި

ދެވަނަ މެޗުން ވެސް މޮޅުވެ އެސްޖީސީ އަދި އެފްއެސްސީއޭ އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި

އެސޯސިއޭޝަން ޗެމްޕިއަންޝިޕް: 19 އަހަރުންދަށް ފިރިހެން ސިންގަލް ޗެމްޕިއަންކަން މައިޝާން ހޯދައިފި




