logoEN
WAMCO TOP 1
އެސޯސިއޭޝަން ޗެމްޕިއަންޝިޕް: 15 އަހަރުންދަށުގެ އަންހެން ޗެމްޕިއަންކަން  އަނުމް ހޯދައިފި

އެސޯސިއޭޝަން ޗެމްޕިއަންޝިޕް: 15 އަހަރުންދަށުގެ އަންހެން ޗެމްޕިއަންކަން އަނުމް ހޯދައިފި

ހަސަން ޝަމްއޫން

logo

4/19/2026, 10:22:13 AM

# ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް# ދިވެހި ކުޅިވަރު # ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕް

ޖޫނިއާ އަންހެން 15 އަހަރުންދަށް ސިންގަލް ޗެމްޕިއަން އަނުމް އަހުމަދު ވަސީމް..ފޮޓޯ:ގާފު ސްޕޯޓްސް

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ 13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކެރަމް މުބާރާތުގެ ޖޫނިއާ އަންހެން 15 އަހަރުންދަށް ސިންގަލް ޗެމްޕިއަންކަން އަނުމް އަހުމަދު ވަސީމް ހޯދައިފިއެެވެ.

THE TRAVELLER AD

ހުޅުމާލޭ ކެރަމް ހޯލުގައި ބުރާސްފަތި ބުރާސްފަތި ދުވަހު މެންދުރު ކުޅުނު ފައިނަލުގައި 15 އަހަރުންދަށުގެ އަންހެން ސިންގަލް ފައިނަލުގައި ސޯފިއާ ނައުރާ ޝިފާއު އާއި ވާދަކޮށް އަނުމް ޗެމްޕިއަންކަން ހޯދީ ފަސޭހަކަމާއެކު 0-25 ގެ ތަފާތުބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ފައިނަލުން ސޯފިއާ ޖާގަހޯދީ ސެމީފައިނަލް ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 22-09 ގެ ނަތީޖާއަކުން ފާތުމަތު ޝާނާ އަސަދު ބަލިކުރުމަށްފަހު އެވެ. އަދި އަނުމް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލް ދެވަނަ މެޗުގައި ފަސޭހަކަމާއެމު 25-10 ގެ ތަފާތުބޮޑު ނަތީޖާއަކުން އައިޝަތު އަލީޝާ ނާފިއު ބަލިކުރުމަށްފަހު އެވެ.

އެޕްރީލް 15 އިން ފެށިގެން ހުޅުމާލޭ ކެރަމް ހޯލުގައި ކުރިއަށްދާ މިމުބާރާތުގެ ޖޫނިއާ 15 އަހަރުން ދަށުގެ އަންހެން ކެޓަގެރީގައި 10 ކުޅުންތެރިން ވާދަކޮށްފައިވާއިރު، މި އުމުރުފުރާގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ސިންގަލް އެލިމިނޭޝަން އުސޫލުންނެވެ.

ކޮމެންޓް
ފަހުގެ
HDC