logoEN
WAMCO TOP 1
އެސޯސިއޭޝަން ޗެމްޕިއަންޝިޕް: 19 އަހަރުންދަށް ފިރިހެން ސިންގަލް ޗެމްޕިއަންކަން މައިޝާން ހޯދައިފި

އެސޯސިއޭޝަން ޗެމްޕިއަންޝިޕް: 19 އަހަރުންދަށް ފިރިހެން ސިންގަލް ޗެމްޕިއަންކަން މައިޝާން ހޯދައިފި

ހަސަން ޝަމްއޫން

logo

4/19/2026, 3:50:00 PM

# ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕް# ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް# ދިވެހި ކުޅިވަރު

ޖޫނިއާ ފިރިހެން 19 އަހަރުންދަށް ސިންގަލް ޗެމްޕިއަން އަހުމަދު މައިޝާން.. ފޮޓޯ: ގާފު ސްޕޯޓްސް

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ 13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކެރަމް މުބާރާތުގެ ޖޫނިއާ ފިރިހެން 19 އަހަރުންދަށް ސިންގަލް ޗެމްޕިއަންކަން އަހުމަދު މައިޝާން ހޯދައިފިއެެވެ.

THE TRAVELLER AD

ހުޅުމާލޭ ކެރަމް ހޯލުގައި މިއަދު ހަވީރު ކުޅުނު ފައިނަލުގައި 19 އަހަރުންދަށުގެ ފިރިހެން ސިންގަލް ފައިނަލުގައި އަބްދުﷲ ކިޔާން ބިން ޝާޒް އާއި ވާދަކޮށް މައިޝާން ޗެމްޕިއަންކަން ހޯދީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ.

އެގޮތުން މެޗުގެ ފުރަތަމަ ސެޓް ފަސޭހަކަމާއެކު 0-25 ގެ ނަތީޖާއަކުން މައިޝާން ކާމިޔާބުކުރި ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް 19-11 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކިޔާން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިއާއެކު މެޗުގ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓް ވާދަވެރި ކުޅުމަކަށްފަހު މައިޝާން ކާމިޔާބުކުރީ 13-15 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ފައިނަލުން މައިޝާން ޖާގަހޯދީ ސެމީފައިނަލް ފުރަތަމަ މެޗުގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އަހުމަދު ޝަމާލް ސައުދުއްﷲ ބަލިކުރުމަށްފަހުއެވެ. އަދި ކިޔާން ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލް ދެވަނަ މެޗުގައި ފަސޭހަކަމާއެމު ސީދާ ދެ ސެޓުން އިސްމާއިލް ޝަމްހާން ޝާހް ބަލިކުރުމަށްފަހު އެވެ.

އެޕްރީލް 15 އިން ފެށިގެން ހުޅުމާލޭ ކެރަމް ހޯލުގައި ކުރިއަށްދާ މިމުބާރާތުގެ ޖޫނިއާ 19 އަހަރުން ދަށުގެ ފިރިހެން ކެޓަގެރީގައި 32 ކުޅުންތެރިން ވާދަކޮށްފައިވާއިރު، މި އުމުރުފުރާގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ސިންގަލް އެލިމިނޭޝަން އުސޫލުންނެވެ.

ކޮމެންޓް
ފަހުގެ
HDC