logoEN
WAMCO TOP 1
ދެވަނަ މެޗުން ވެސް މޮޅުވެ އެސްޖީސީ އަދި އެފްއެސްސީއޭ އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ދެވަނަ މެޗުން ވެސް މޮޅުވެ އެސްޖީސީ އަދި އެފްއެސްސީއޭ އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ހަސަން ޝަމްއޫން

logo

4/19/2026, 4:33:25 PM

# ދިވެހި ކުޅިވަރު # ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025

ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް : ފޮޓޯ: ގާފު ސްޕޯޓްސް

ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖު 2026 " ގެ ފިރިހެން ޑިވިޝަން މިރޭ ކުޅުނު މެޗުތަކުން ފަސޭހަކަމާއެކު މޮޅުވެ ސުޕަރ ޖެނަރޭޝަން ކުލަބު (އެސްޖީސީ) އާދި ފިއުޗާރ ސްޕޯޓްސް ކުލަބު އެކަޑެމީ ( އެފްއެސްސީއޭ) އިން މުބާރާތުގެ ސެމީފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ.

THE TRAVELLER AD

ގުރޫޕް އޭގެ އޯލް އެޓޭކް ސްޕޯޓްސް ކުލަބު (އޭއޭއެސްސީ) އާއި އެސްޖީސީ ވާދަކުރި މެޗު ސީދާ ދެ ސެޓުން އެސްޖީސީ ކާމިޔާބުކުރިއިރު، މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 23-09 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓް 04-22 ގެ ނަތީޖާއަކުން އެސްޖީސީ އިން ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ މުހައްމަދު އިސްހާގް އަހުމަދު އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނައިގައި އެސްޖީސީ އޮތްއިރު، މިމެޗުން ބަލިވި އޭއޭއެސްސީ ކުޅުނު ދެެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ގުރޫޕް ބީގެ އެފްއެސްސީއޭ އާއި އޮނި ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކުރީ އެފްއެސްސީއޭ އިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް 24-09 ގެ ނަތީޖާއަކުން އެފްއެސްސީއޭ ކާމިޔާބުކުރިއިރު. ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 06-26 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްއެސްސީއޭގެ އަހުމަދު ރަޒުނީ މުހައްމަދު އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނައިގައި އެފްއެސްސީއޭ އޮތްއިރު، މިމެޗުން ބަލިވި އޮނި ސްޕޯޓްސް ކުލަބު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި މިވަގުތު އޮތީ ގުރޫޕް ފުލުގައެވެ.

16 އެޕްރީލް 2026 އިން އެޕްރީލް 2026 ގެ ނިޔަލަށް ދެ ޑިވިޝަނަކަށް ބަހާލައިގެން، ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި އަށް ޓީމު ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމެއް ސެމީއަށް ހޮވޭއިރު، ކޮންމެ ގުރޫޕެއްގެ ދެވަނަ އަދި ތިންވަނަ ހޯދާ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުން މޮޅުވާ ދެޓީމަށް ވެސް ސެމީގެ ފުރުސަތު ލިބިގެންދާނެއެވެ.

މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ޕްރިންޓް ޕާޓްނަރަކީ ރެޑް ކްރީޓިކް އެވެ. އަދި ކިޓް ޕާޓްނަރަކަށް ސްޕޯޓްސް އެމްޕޯރިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ. އަދި ލައިވްސްޓްރީމް ޕާޓްނަރަކަށް އޮން ދަ ފްލައި ފްރޭމްސް ހަމަޖައްސާފައިވާއިރު މިއަހަރުގެ މުބާރާތު ޓްރޮފީ ވެސް ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އިންނެވެ.

ކޮމެންޓް
ފަހުގެ
HDC