logoEN
WAMCO TOP 1
އިދިކޮޅުން މުޒާހަރާ ކުރަނީ ސަރުކާރުން ގޯސްވެގެންނެއް ނޫން، އަމިއްލަ ފައިދާއަށް - ޝުޖާއު

އިދިކޮޅުން މުޒާހަރާ ކުރަނީ ސަރުކާރުން ގޯސްވެގެންނެއް ނޫން، އަމިއްލަ ފައިދާއަށް - ޝުޖާއު

އަހުމަދު ޝުރާއު

logo

4/19/2026, 10:09:42 AM

# އެމްޑީޕީ

-

އިދިކޮޅު އެމްޑީޕީން މާލޭގައި މިހާރު ކުރަމުންދާ ސިލްސިލާ މުޒާހަރާތަކަކީ ސަރުކާރުން ވަކިކަމެއް ގޯސްކޮށްގެން ނުވަތަ ކުރާތީ ކުރާ މުޒާހަރާތަކެއް ނޫން ކަމަށާއި އެއީ އަމިއްލަ ފައިދާއަށް އިދިކޮޅުން ކުރަމުންދާ މުޒާހަރާތަކެއްގެ ގޮތުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ސިފަކުރައްވައިފި އެވެ.

THE TRAVELLER AD

މިއަދު ޝުޖާއު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްޑީޕީން މާލޭގެ މަގުތައް ހަލަބޮލިކޮށް ރައްޔިތުންނަށް ދަތިވާގޮތައް ކޮންމެ ރެއަކު ކުރާ މުޒާހަރާ ތަކަކީ ސަރުކާރުން ވަކިކަމެއް ގޯސްކޮށްކޮށްގެން ނުވަތަ ކުރާތީ ކުރާ މުޒާހަރާތަކެއް ނޫން ކަމަށާއި އެ ޕާޓީގެ ލީޑަރުން ތިއްބެވީ ހެޔޮހާލުގައި ގޭގައި ކަމަށެވެ. އެގޮތުން ނުހައްޤުން ޖަލުގައި ހުރި އެކަކުވެސް ނެތް ކަމަށާއި ސިޔާސީ އަނިޔާ ލިބެމުންދާ އެކަކުވެސް ނެތްކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރަގަޅުކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަންކަން ރަގަޅު ކުރައްވައި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރެއްވުމަށް ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުން ކަމަށެވެ.

މިމުޒާހަރާތަކަކީ ކުރިއަށްއޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ވާދަކުރައްވާ އެޕާޓީގެ މެމްބަރުން ބޭނުންވާ ފޮޓީޯ ހޯދަން ކުރާ މުޒާހަރާތަކެއްގެ ގޮތުގައި ޝުޖާއު ސިފަކުރެއްވި އެވެ.

އަދި ޤުރުބާންވީ ތިމަންނައޭބުނެ ޕާޓީގެ މެމްބަރުންނަށް ދައްކަން ޕާޓީގެ އިސްވެރިން ކުރާ ކަމެއްކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

މާލެއާއި މާލޭގައި ދިރިއުޅުއްވަމުން ގެންދަވާ ލޮބުވެތި ރައްޔިތުންނަށް އެއްވެސް އަސާސެއްނެތި މިގޮތައް ކުރެވޭ އުނދަގޫތަކަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމުގައި ޝުޖާއު ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC