logoEN
WAMCO TOP 1
ގުޅީފަޅުން 160 އަށްވުރެ ގިނަ ގޯތި ހަވާލުކޮށްފި

ގުޅީފަޅުން 160 އަށްވުރެ ގިނަ ގޯތި ހަވާލުކޮށްފި

# ހައުސިންގ މިނިސްޓްރީ# އާރްޑީސީ# އެމްޓީސީސީ# ގުޅީފަޅު

ގުޅީފަޅު

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތުގެ ދަށުން މިހާރު 160 އަށްވުރެ ގިނަ ބިން ހަވާލުކޮށްފައިވާކަމަށް ހައުސިންގް މިނިސްޓްރީން ބުނެފި އެވެ.

THE TRAVELLER AD

މި މަސައްކަތް އަލުން ފަށާފައިވަނީ އެތަނުގައި ދިރިއުޅޭނެ އާބާދީއަށް އެކަށީގެންވާ ހިދުމަތްތައް ގާއިމްކުރުމަށް ބޮޑެތި ބަދަލުތައް ގެނައުމަށް ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކުގައި އެވެ. އެތަނުން ބިން ލިބުނު މީހުންނަށް ގޯތި ލިބޭ ސަރަހައްދާއި ޕްލޮޓް ކަނޑައެޅުމަށް، އާ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތައް ގުރު ނަގާފައިވާއިރު، އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓްރީ ހަވާލުކުރުމާއި އަދި ބިން ހަވާލުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

އެގޮތުން މިހާތަނަށް 2972 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައި އެވެ. އެގޮތުން ޖުމުލަ 169 ފަރާތަކަށް ވަނީ ބިން ހަވާލުކޮށްފަ އެވެ.

ގުޅީފަޅުން 7 ސައިޒެއްގެ ބިން ދޫކުރުމަށް ހަމަޖެހިފައިވާއިރު، މީގެތެރޭގައި 1250 އަކަފޫޓާއި 3650 އަކަފޫޓާއި ދެމެދުގެ ސައިޒުގެ ގޯތި ހިމެނެ އެވެ.

ގުޅިފަޅުން ދޫކުރާ ގޯތީގެ ތަފްސީލް:

1250 އަކަފޫޓުގެ 669 ގޯތި1650 އަކަފޫޓުގެ 1234 ގޯތި2050 އަކަފޫޓުގެ 916 ގޯތި2450 އަކަފޫޓުގެ 473 ގޯތި2850 އަކަފޫޓުގެ 158 ގޯތި3250 އަކަފޫޓުގެ 49 ގޯތި3650 އަކަފޫޓުގެ 21 ގޯތި

ތިން ފަހަރެއްގެ މަތިން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާއިރު، މިއީ ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންއަށް ބޮޑު ސަރަހައްދެއް ވަނީ ކަނޑައަޅާފަ އެވެ. އަދި އެތާނގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ތައުލީމީ ހިދުމަތާއި، ސިއްހީ ހިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްތަކަށްވެސް ހާއްސަ ސަރަހައްދުތައް ކަނޑައަޅާފައިވެ އެވެ.

މީގެ އިތުރުން، ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހއުލެއް ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރު ކުޅޭ ސަރަހައްދުތައް ތަރައްޤީކުރުމަށް ޕްލޭންގައި ކަނޑައަޅާފައިވެ އެވެ.

ގުޅީފަޅުން ބިން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންއަންނައިރު، އެ ބިން ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ. އެގޮތުން އެތަނުގެ މަގުތަކާއި ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ.

ކޮމެންޓް
ފަހުގެ
HDC