logoEN
WAMCO TOP 1
ބޮންތި ފުރަތަމަ މޮޅު ހޯދިއިރު، ޕްރޯ އެސްއޭ އިން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި

ބޮންތި ފުރަތަމަ މޮޅު ހޯދިއިރު، ޕްރޯ އެސްއޭ އިން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި

ހަސަން ޝަމްއޫން

logo

4/19/2026, 4:26:18 AM

# ދިވެހި ކުޅިވަރު # ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026

ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް : ފޮޓޯ: ގާފު ސްޕޯޓްސް

ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖު 2026 " ގެ ފިރިހެން ޑިވިޝަން ރޭ ކުޅުނު މެޗުތަކުން ފަސޭހަކަމާއެކު ޕްރޯ އެސްއޭ މޮޅުވިއިރު، ބޮންތިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

THE TRAVELLER AD

ގުރޫޕް އޭގެ މައިދާން އެސްސީ އާއި ބޮންތި އެސްސީ ވާދަކުރި މެޗު ސީދާ ދެ ސެޓުން ބޮންތި ކާމިޔާބުކުރިއިރު، މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 26-13 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. ނަމަވެސް މެޗުގެ ދެވަނަ ސެޓް ބޮންތިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 13-15 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބޮންތި ސްޕޯޓްސް ކުލަބުގެ އިބްރާހިމް އަލްތާފް ހާފިޒް އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ގުރޫޕް ބީގެ ޕްރޯ އެސްއޭ އާއި އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބު (އައިއެޗްއެސްސީ) ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕްރޯ އެސްއޭ އިންނެވެ.

އެގޮތުން މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 16-11 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އައިއެޗްއެސްސީ އިންނެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް 10-15 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޕްރޯ އެސްއޭ އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް ސެޓް 4-5 ގެ ނަތީޖާއަކުން ޕްރޯ އެސްއޭ ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ނާބިތު އިސްމާއިލް އެވެ.

16 އެޕްރީލް 2026 އިން 24 އެޕްރީލް 2026 ގެ ނިޔަލަށް ދެ ޑިވިޝަނަކަށް ބަހާލައިގެން، ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި އަށް ޓީމު ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމެއް ސެމީއަށް ހޮވޭއިރު، ކޮންމެ ގުރޫޕެއްގެ ދެވަނަ އަދި ތިންވަނަ ހޯދާ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުން މޮޅުވާ ދެޓީމަށް ވެސް ސެމީގެ ފުރުސަތު ލިބިގެންދާނެއެވެ.

މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ޕްރިންޓް ޕާޓްނަރަކީ ރެޑް ކްރީޓިކް އެވެ. އަދި ކިޓް ޕާޓްނަރަކަށް ސްޕޯޓްސް އެމްޕޯރިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ. އަދި ލައިވްސްޓްރީމް ޕާޓްނަރަކަށް އޮން ދަ ފްލައި ފްރޭމްސް ހަމަޖައްސާފައިވާއިރު މިއަހަރުގެ މުބާރާތު ޓްރޮފީ ވެސް ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އިންނެވެ.

ކޮމެންޓް
ފަހުގެ
HDC