logoEN
WAMCO TOP 1
އެފްއެސްސީއޭ އާއި ބޮންތި ސެމީފައިނަލް ޔަގީންކުރިއިރު، އޭއޭއެސްސީ މުބާރާތުން ކަޓައިފި

އެފްއެސްސީއޭ އާއި ބޮންތި ސެމީފައިނަލް ޔަގީންކުރިއިރު، އޭއޭއެސްސީ މުބާރާތުން ކަޓައިފި

ހަސަން ޝަމްއޫން

logo

4/20/2026, 7:21:26 PM

# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026# ދިވެހި ކުޅިވަރު

ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް : ފޮޓޯ: ގާފު ސްޕޯޓްސް

ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖު 2026 " ގެ ފިރިހެން ޑިވިޝަން މިރޭ ކުޅުނު މެޗުތަކުން ފަސޭހަކަމާއެކު މޮޅުވެ ބޮންތި ސްޕޯޓްސް ކުލަބާއި ފިއުޗާރ ސްޕޯޓްސް ކުލަބު އެކަޑެމީ ( އެފްއެސްސީއޭ) އިން ސެމީފައިނަލްގެ ޖާގައެއް ޔަގީންކުރިއިރު، އޯލް އެޓޭކް ސްޕޯޓްސް ކުލަބު (އޭއޭއެސްސީ) މުބާރާތުން ކަޓައިފިއެވެ.

THE TRAVELLER AD

ގުރޫޕް އޭގެ އޯލް އެޓޭކް ސްޕޯޓްސް ކުލަބު (އޭއޭއެސްސީ) އާއި ބޮންތި ވާދަކުރި މެޗު ސީދާ ދެ ސެޓުން ބޮންތި ކާމިޔާބުކުރިއިރު، މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 10-15 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓް 07-19 ގެ ނަތީޖާއަކުން ބޮންތި ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އިބްރާހިމް އަލްތާފް އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނައިގައި ބޮންތި އޮތްއިރު، މިމެޗުން ބަލިވި އޭއޭއެސްސީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ފުލުގައި އޮވެއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިރޭ ކުޅުނު ދެ މެޗުގައި ގުރޫޕް ބީގެ އެފްއެސްސީއޭ އާއި ޕްރޯ ސްޕޯޓްސް އެކަޑަމީ ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކުރީ އެފްއެސްސީއޭ އިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް 11-26 ގެ ނަތީޖާއަކުން އެފްއެސްސީއޭ ކާމިޔާބުކުރިއިރު. ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 17-36 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ މުހައްމަދު ޔަޝުމް އަހުމަދު އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި އެފްއެސްސީއޭ އިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކުރިއިރު، މިމެޗުން ބަލިވި ޕްރޯ ސްޕޯޓްސް އެކަޑަމީ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ގުރޫޕްގެ ދެވަނައިގައި އޮތްއިރު، އެޓީމަށް ވަނީ މުބާރާތުގެ ޕްލޭއޮފްގެ ޖާގައެއް ކަށަވަރުވެފައެވެ.

16 އެޕްރީލް 2026 އިން އެޕްރީލް 2026 ގެ ނިޔަލަށް ދެ ޑިވިޝަނަކަށް ބަހާލައިގެން، ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި އަށް ޓީމު ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމެއް ސެމީއަށް ހޮވޭއިރު، ކޮންމެ ގުރޫޕެއްގެ ދެވަނަ އަދި ތިންވަނަ ހޯދާ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުން މޮޅުވާ ދެޓީމަށް ވެސް ސެމީގެ ފުރުސަތު ލިބިގެންދާނެއެވެ.

މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ޕްރިންޓް ޕާޓްނަރަކީ ރެޑް ކްރީޓިކް އެވެ. އަދި ކިޓް ޕާޓްނަރަކަށް ސްޕޯޓްސް އެމްޕޯރިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ. އަދި ލައިވްސްޓްރީމް ޕާޓްނަރަކަށް އޮން ދަ ފްލައި ފްރޭމްސް ހަމަޖައްސާފައިވާއިރު މިއަހަރުގެ މުބާރާތު ޓްރޮފީ ވެސް ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އިންނެވެ.

ކޮމެންޓް
ފަހުގެ
HDC