logoEN
WAMCO TOP 1
އެސޯސިއޭޝަން ޗެމްޕިއަންޝިޕް: 19 އަހަރުންދަށް އަންހެން ސިންގަލް ޗެމްޕިއަންކަން އިންޝާ ހޯދައިފި

އެސޯސިއޭޝަން ޗެމްޕިއަންޝިޕް: 19 އަހަރުންދަށް އަންހެން ސިންގަލް ޗެމްޕިއަންކަން އިންޝާ ހޯދައިފި

ހަސަން ޝަމްއޫން

logo

4/18/2026, 5:48:28 PM

# ދިވެހި ކުޅިވަރު # ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް# ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕް

ޖޫނިއާ އަންހެން 19 އަހަރުންދަށް ސިންގަލް ޗެމްޕިއަން އިންޝާ އިކްލީލް އައްބާސް.. ފޮޓޯ: ގާފު ސްޕޯޓްސް

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ 13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކެރަމް މުބާރާތުގެ ޖޫނިއާ އަންހެން 19 އަހަރުންދަށް ސިންގަލް ޗެމްޕިއަންކަން އިންޝާ އިކްލީލް އައްބާސް ހޯދައިފިއެެވެ.

THE TRAVELLER AD

މުބާރާތުގެ ފައިނަލުން އިންޝާ ޖާގަހޯދީ ސެމީފައިނަލް ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 20-10 ގެ ނަތީޖާއަކުން އައިޝަތު އަލީޝާ ނާފިއު ބަލިކުރުމަށްފަހުއެވެ. އަދި ޝައުން ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލް ދެވަނަ މެޗުގައި ފަސޭހަކަމާއެމު 19-09 ގެ ނަތީޖާއަކުން އައިޝަތު މައިލާހް އާދަމް ޒާހިރު ބަލިކުރުމަށްފަހު އެވެ.

ހުޅުމާލޭ ކެރަމް ހޯލުގައި މިއަދު ހަވީރު ކުޅުނު ފައިނަލުގައި 19 އަހަރުންދަށުގެ އަންހެން ސިންގަލް ފައިނަލުގައި މަރިޔަމް ޝައުން އަލީ މަސީހް އާއި ވާދަކޮށް އިންޝާ ޗެމްޕިއަންކަން ހޯދީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް 21-06 ގެ ނަތީޖާއަކުން އިންޝާ ކާމިޔާބުކުރިއިރު. ދެވަނަ ސެޓް ކާމިޔާބުކުރީ 21-08 ގެ ނަތީޖާއަކުންނެވެ.

އެޕްރީލް 15 އިން ފެށިގެން ހުޅުމާލޭ ކެރަމް ހޯލުގައި ކުރިއަށްދާ މިމުބާރާތުގެ ޖޫނިއާ 19 އަހަރުން ދަށުގެ އަންހެން ކެޓަގެރީގައި 14 ކުޅުންތެރިން ވާދަކޮށްފައިވާއިރު، މި އުމުރުފުރާގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ސިންގަލް އެލިމިނޭޝަން އުސޫލުންނެވެ.

ކޮމެންޓް
ފަހުގެ
HDC