logoEN
WAMCO TOP 1
މިއަހަރުގެ މާސްޓަރސް އެތްލެޓިކްސް ޗެމްޕިއަންޝިޕް މޯލްޑިވްސްގައި ހަތް ގައުމަކުން 202 އެތްލީޓުން ވާދަކުރާނެ

މިއަހަރުގެ މާސްޓަރސް އެތްލެޓިކްސް ޗެމްޕިއަންޝިޕް މޯލްޑިވްސްގައި ހަތް ގައުމަކުން 202 އެތްލީޓުން ވާދަކުރާނެ

ހަސަން ޝަމްއޫން

logo

4/18/2026, 4:20:06 PM

# ދިވެހި ކުޅިވަރު # މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސް# މާސްޓާރސް އެތްލެޓިކްސް ޗެމްޕިއަންޝިޕް މޯލްޑިވްސް 2026

މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް 2025.. ފޮޓޯ: ގާފު ސްޕޯޓްސް

މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށް އަންނަ މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ "ދެވަނަ މާސްޓަރސް އެތްލެޓިކްސް ޗެމްޕިއަންޝިޕް މޯލްޑިވްސް" ގައި ރާއްޖޭގެ އިތުރުން ހަތް ގައުމަކުން 202 ދެ އެޓްލީޓުން ބައިވެރިވެފައިވާކަމަށް މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސް އިން ބުނެފިއެވެ.

THE TRAVELLER AD

ގާފު ސްޕޯޓްސްއަށް މައުލޫމާތު ދެއްވަމުން މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ރައީސް އަލީ ރައީފް ވިދާޅުވީ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު، މިހާތަނަށް ހަތް ގައުމަކުން 202 އެތްލީޓުން ވަނީ ރަޖިސްޓްރީކޮށްފައިވާކަމަށެވެ.

މިދިޔަ އަހަރާއި އަޅާބަލާއިރު، 100 ޕަސެންޓް އިތުރު އަދަދެއް މިއީ، ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ.. މިދިޔަ އަހަރު 100 އެތްލީޓުންނާއެކު ފުރަތަމަ މުބާރާތް ބޭއްވީ އަދި އެއަދަދު މިއަހަރު 200 އަށް އިތުރުވުމަކީ ރާއްޖޭގައި މާސްޓަރސް އެތްލެޓިކްސްއަށް ޝައުގުވެރިކަން އިތުރުވެފައިވާކަމުގެ ހެއްކެ"..

މީގެ އިތުރުން މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން އިތުރު ހަތް ގައުމެއްގެ އެތްލީޓުން ވާދަކުރުމަކީ މުބާރާތައް ލިބިގެންދާ އިތުރު ފުރިހަމަކަމެކެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބަންގްލަދޭޝް، ސިންގަޕޫރު، ތައިލޭންޑްގެ އިތުރުން ޑެންމާކްގެ އެތްލީޑުން ފެނިގެންދާނެއެވެ.

07 މެއި 2026 އިން 09 މެއި 2026 ގެ ނިޔަލަށް މާލޭ ސިޓީ ކުޅިވަރު އެކުވެނީ ސިތަޓިކް ޓްރެކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތް މިއަހަރު އަށް އުމުރުފުރައަކަށް ހުޅުވާލެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 35 އަހަރުން މަތި، 40 އަހަރުން މަތި، 45 އަހަރުން މަތި، 50 އަހަރުން މަތި އަދި 55 އަހަރުން މަތި، 60 އަހަރުން މަތި، 65 އަހަރުން މަތި އަދި 70 އަހަރުން މަތީގެ އުމުރުފުރައެވެ.

ކޮމެންޓް
ފަހުގެ
HDC