
އެސޯސިއޭޝަން ޗެމްޕިއަންޝިޕް: 15 އަހަރުންދަށް ފިރިހެން ސިންގަލް ޗެމްޕިއަންކަން ކިޔާން ހޯދައިފި
# ދިވެހި ކުޅިވަރު # ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް# ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްއަބްދުއްﷲ ކިޔާން ބިން ޝާޒް.. ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ 13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކެރަމް މުބާރާތުގެ ޖޫނިއާ ފިރިހެން 15 އަހަރުންދަށް ސިންގަލް ޗެމްޕިއަންކަން އަބްދުﷲ ކިޔާން ބިން ޝާޒް ހޯދައިފިއެެވެ.

ހުޅުމާލޭ ކެރަމް ހޯލުގައި މިއަދު މެންދުރު ކުޅުނު ފައިނަލުގައި 15 އަހަރުންދަށުގެ ފިރިހެން ސިންގަލް ފައިނަލުގައި ޒާހިލް ޒާލިފް އާއި ވާދަކޮށް ކިޔާން ޗެމްޕިއަންކަން ހޯދީ ވާދަވެރި ކުޅުމަކަށްފަހު 12-8 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ ފައިނަލުން ޒާހިލް ޖާގަހޯދީ ސެމީފައިނަލް ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 20-15 ގެ ނަތީޖާއަކުން މާކިން ބިން މަދަދުﷲ ބަލިކުރުމަށްފަހު އެވެ. އަދި ކިޔާން ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލް ދެވަނަ މެޗުގައި ފަސޭހަކަމާއެމު 25-05 ގެ ތަފާތުބޮޑު ނަތީޖާއަކުން އަންދްރޭ ބްރައިސަން ބަލިކުރުމަށްފަހު އެވެ.
އެޕްރީލް 15 އިން ފެށިގެން ހުޅުމާލޭ ކެރަމް ހޯލުގައި ކުރިއަށްދާ މިމުބާރާތުގެ ޖޫނިއާ 15 އަހަރުން ދަށުގެ ފިރިހެން ކެޓަގެރީގައި 26 ކުޅުންތެރިން ވާދަކޮށްފައިވާއިރު، މި އުމުރުފުރާގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ސިންގަލް އެލިމިނޭޝަން އުސޫލުންނެވެ.
ގުޅުންހުރި

އެސޯސިއޭޝަން ޗެމްޕިއަންޝިޕް: 15 އަހަރުންދަށް ފިރިހެން ސިންގަލް ޗެމްޕިއަންކަން ކިޔާން ހޯދައިފި

އެސްޖީސީ އިން އިތުބާރާއެކު މުބާރާތް ފެށިއިރު، ބޮންތިގެ ފެށުން ރަނގަޅެއް ނުވި

ފަސޭހަކަމާއެކު ފްލައިން އީގަލް މޮޅުވިއިރު، ވެސްޓްއެންޑާއި ޕްރޯ އެސްއޭ އިން ވެސް މުބާރާތް ފެށީ މޮޅަކާއެކު




