ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކާ ނިންމާލައިފި
# ބޮޑުތަކުރުފާނު މަގު މަޝްރޫއު# އެމްޓީސީސީ# މާލެ ސިޓީބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން- ފޮޓޯ: އެމްޓީސީސީ
މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު މިހާރު ތަރައްގީކުރަމުންދާ ސަރަހައްދުގެ ބިން ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކާ ނިންމާލައިފި އެވެ.

މާލޭގެ މައި މަގު، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާއި ދެމެދުގެ މަސައްކަތެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތާއި މަގުގެ ދުވާރު ހެދުމަށް ބޭނުންވާ ގައު ޖެހުމާއި، މަގު ބައްތި ޖެހުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ކަރަންޓު ކޭބަލް ވަޅުލަން ޖެހޭ ވަޅުގަނޑުތައް ކޮނުމާއި އެ ކޭބަލްތަކުގެ މައި ނަރުތައް ޖަމާކުރާ ޓޭންކްތައް ބެހެއްޓުމުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މަސައްކަތްތައް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ތާވަލުކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި ސެގްމެންޓުގެ ތެރެއިން 143 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް މިހާރު ފުރިހަމަކޮށްފައިވާ ކަމަށާއި މިއަންނަ ހަފްތާގެ ތެރޭގައި މި މަސައްކަތް ނިންމާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ފެން ހިންދާ ކާނުގަނޑުތަކާއި ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތް ފެށުމަށް ތާވަލުކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި ސަރަހައްދުވެސް ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާވާނެގޮތަށެވެ. މަގުގެ މި ސަރަހައްދުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ނިމުނު ދެ ސެގްމެންޓުވެސް ކުރިޔަށްގެންދިޔަ ފަރުމާއަ ށެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ވަނީ، އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްގީކޮށްފަ އެވެ. އެއީ ޖުމުލަ 380 މީޓަރުގެ ސަރަހައްދެވެ.
ގުޅުންހުރި
ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކާ ނިންމާލައިފި

މާލެ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފްކޮށް، ދަތުރުތަކުން އަގު ނަގަން ފަށައިފި

ސުނާމީ ބިނާ މަރާމާތުކުރުމުގެ މަސައްކަތް ނިންމާލައިފި




