logoEN
WAMCO TOP 1
ތާރު އެޅުމަށް މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ބަންދުކުރަނީ

ތާރު އެޅުމަށް މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ބަންދުކުރަނީ

# ފުލުހުން# ބޮޑުތަކުރުފާނު މަގު މަޝްރޫއު

ބޮޑުތަކުރުފާނު މަގު މަސައްކަތްކުރަނީ- ފޮޓޯ: ގާފު

ބޮޑުތަކުރުފާނު މަގުގެ ތާރުއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި އެ މަގު މާދަމާއިން ފެށިގެން ބަންދުކުރުމަށް ނިންމައިފި އެވެ.

THE TRAVELLER AD

ފުލުހުން ބުނީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއާ ހަމައަށް މާދަމާއިން ފެށިގެން މަސައްކަތް ނިމެންދެން ބަންދުކުރާނެ ކަމަށެވެ.

ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމުގެ މަސައްކަތްތައް މިއަދު މެންދަމު 00:00 އިން ފެށިގެން މި ސަރަހައްދު އެއްކޮށް ބަންދުކުރާނެ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ ބަންދުވާ ސަރަހައްދު އަންގައިދޭ ޗާޓެއްވެސް އާންމުކޮށްފަ އެވެ.

View post on Twitter

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ.

ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ދަނީ ވަރަށް ބާރު ސްޕީޑްގަ އެވެ. އަދި މިހާރު ކުރިއަށްދަނީ ސެގްމެންޓް 4 ގެ ސަބް-ގްރޭޑިންގ މަސައްކަތްތަކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ ބޮޑުތަކުރުފާނުމަގު ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގައި އެ މަގު ފެހިކުރުމަށްޓަކައި ހާއްސަ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC