logoEN
WAMCO TOP 1
މާލެ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފްކޮށް، ދަތުރުތަކުން އަގު ނަގަން ފަށައިފި

މާލެ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފްކޮށް، ދަތުރުތަކުން އަގު ނަގަން ފަށައިފި

# މާލެ ޓެކްސީ ލައިން# އެމްޓީސީސީ

މާލެ ޓެކްސީ- ފޮޓޯ: އެމްޓީސީސީ

މާލޭ ޓެކްސީ ލައިންގެ ރަސްމީ ވެބްސައިޓް ތައާރަފްކޮށް، ދަތުރުތަކުން އަގު ނަގަން ފަށައިފި އެވެ.

THE TRAVELLER AD

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓް ކޮމްޕެނީ (އެމްޓީސީސީ) އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ މިއަދުން ފެށިގެން "މާލެ ޓެކްސީ ލައިން" އިން އަގުތައް ނަގަން ފަށާނެ ކަމަށެވެ.

އެމްޓީސީސީން ބުނީ ލިންކުން ނުވަތަ ކިއުއާރް ކޯޑް ސްކޭން ކޮށްލައިގެން ވެބްސައިޓަށް ވަދެ ފަސޭހަކަމާއެކު ބުކިންގް ހަދައި، ފައިސާ ދައްކާލެވެނޭ ކަމަށެވެ. އަދި މާލެ ޓެކްސީ ލައިންގެ ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާ ކަމަށެވެ.

View post on Twitter

މާލެ ޓެކްސީ ލައިންގެ ދަތުރުތައް ކުރާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅުއްވާފައިވާ އަގުތަކަށެވެ. އެއީ މާލެ، ހުޅުމާލެ ފިޔަވަހި 1 އަދި ހުޅުމާލެ ފިޔަވަހި 2 ގެ އެތެރޭގެ ދަތުރުތައް 30 ރުފިޔާއަށް، ހުޅުމާލެ ފިޔަވަހި 1 އިން ހުޅުމާލެ ފިޔަވަހި 2 އަށް 40 ރުފިޔާއަށް، މާލެ'އިން ހުޅުލެއަށް، އަދި ހުޅުލެއިން މާލެ'އަށް 70 ރުފިޔާ އެވެ. އަދި ހުޅުމާލެ ފިޔަވަހި 1 އިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި 1 އަށް 80 ރުފިޔާ އަށް ކުރާއިރު، މާލެ'އިން ހުޅުމާލެ ފިޔަވަހި 1 އަށް، އަދި ހުޅުމާލެ ފިޔަވަހި 1 އިން މާލެ'އަށް 85 ރުފިޔާ އަށް، ހުޅުމާލެ ފިޔަވަހި 2 އިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި 2 އަށް 85 ރުފިޔާ އަށް އަދި މާލެ'އިން ހުޅުމާލެ ފިޔަވަހި 2 އަށް، އަދި ހުޅުމާލެ ފިޔަވަހި 2 އިން މާލެ'އަށް 100 ރުފިޔާ އެވެ.

މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ފެށި މި ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މިމަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ހިދުމަތް ފެށުމަށްފަހު މިމަހުގެ 3 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުތައް ކޮށްދީފައިވަނީ މުޅިން ހިލޭ އެވެ.

ކޮމެންޓް
ފަހުގެ
HDC