logoEN
WAMCO TOP 1
އެސްޖީސީ އިން އިތުބާރާއެކު މުބާރާތް ފެށިއިރު، ބޮންތިގެ ފެށުން ރަނގަޅެއް ނުވި

އެސްޖީސީ އިން އިތުބާރާއެކު މުބާރާތް ފެށިއިރު، ބޮންތިގެ ފެށުން ރަނގަޅެއް ނުވި

ހަސަން ޝަމްއޫން

logo

4/18/2026, 3:05:37 AM

# ދިވެހި ކުޅިވަރު # ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026

ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް : ފޮޓޯ: ގާފު ސްޕޯޓްސް

ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖު 2026 " ގެ ފިރިހެން ޑިވިޝަން ރޭ ކުޅުނު މެޗުތަކުން ފަސޭހަކަމާއެކު ޕްރޯ އެސްއޭ މޮޅުވިއިރު، މުބާރާތުގައި ބޮންތި ކުޅުނު ފުރަތަމަ މެޗުން އެޓީމު ބަލިވެއްޖެއެވެ.

THE TRAVELLER AD

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ގުރޫޕް އޭގެ ސުޕަރ ޖެނަރޭޝަން ކުލަބު (އެސްޖީސީ) އާއި ބޮންތި އެސްސީ ވާދަކުރި މެޗުގެ ފުރަތަމަ ސެޓް ފޯރިގަދަ ކުޅުމަކަށްފަހު 15-18 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބޮންތިންނެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް 23-18 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެސްޖީސީ އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރެމަށް ކުޅުނު ޝޫޓްއައުޓް ސެޓް ވާދަވެރި ކުޅުމަކަށްފަހު 7-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެސްޖީސީ އިން މެޗުން މޮޅުވިއިރު. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އަލްދާން އައިކް ރަމީޒް އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ގުރޫޕް ބީގެ ޕްރޯ އެސްއޭ އާއި އޮނި ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ޕްރޯ އެސްއޭ އިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 16-17 ގެ ނަތީޖާއަކުން ޕްރޯ އެސްއޭ ކާމިޔާބުކުރިއިރު. މެޗުގެ ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 15 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 16-01 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕްރޯ އެސްއޭގެ މުހައްމަދު ޝަމާލް އެވެ.

16 އެޕްރީލް 2026 އިން 24 އެޕްރީލް 2026 ގެ ނިޔަލަށް ދެ ޑިވިޝަނަކަށް ބަހާލައިގެން، ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި އަށް ޓީމު ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމެއް ސެމީއަށް ހޮވޭއިރު، ކޮންމެ ގުރޫޕެއްގެ ދެވަނަ އަދި ތިންވަނަ ހޯދާ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުން މޮޅުވާ ދެޓީމަށް ވެސް ސެމީގެ ފުރުސަތު ލިބިގެންދާނެއެވެ.

މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ޕްރިންޓް ޕާޓްނަރަކީ ރެޑް ކްރީޓިކް އެވެ. އަދި ކިޓް ޕާޓްނަރަކަށް ސްޕޯޓްސް އެމްޕޯރިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ. އަދި ލައިވްސްޓްރީމް ޕާޓްނަރަކަށް އޮން ދަ ފްލައި ފްރޭމްސް ހަމަޖައްސާފައިވާއިރު މިއަހަރުގެ މުބާރާތު ޓްރޮފީ ވެސް ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އިންނެވެ.

ކޮމެންޓް
ފަހުގެ
HDC