
އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ޖޫނިއަރ އަންހެން ޑަބަލްސް ޗެމްޕިއަންކަން ކައިސާ އާއި އިންޝާގެ ޕެއާ ހޯދައިފި
# ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް# ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕް# ދިވެހި ކުޅިވަރުޖޫނިއާ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދި އާމިނަތު ކައިސާ ބިންތު އަބްދުﷲ އާއި އިންޝާ އިކްލީލް އައްބާސް.. ފޮޓޯ: ގާފު ސްޕޯޓްސް
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ 13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކެރަމް މުބާރާތުގެ ޖޫނިއާ އަންހެން ޑަބަލްސް ޗެމްޕިއަންކަން އާމިނަތު ކައިސާ ބިންތު އަބްދުﷲ އާއި އިންޝާ އިކްލީލް އައްބާސްގެ ޕެއާ އިން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން ލީން އާއި މައިހާލްގެ ޕެއާ ޖާގަ ހޯދީ ސެމީފައިނަލް ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އައިޝަތު ރީމް އާއި މަރިޔަމް ޝައުންގެ ޕެއާ ބަލިކުރުމަށްފަހު އެވެ. އަދި ކާއިސާ އާއި އިންޝާގެ ޕެއާ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލް ދެވަނަ މެޗުގައި އައިޝަތު އައިނާލް ރިނާޒް އާއި ސޯފިއާ ނައުރާ ޝިފާޒްގެ ޕެއާ ސީދާ ދެ ސެޓުން ބަލިކުރުމަށްފަހު އެވެ.
ހުޅުމާލޭ ކެރަމް ހޯލުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި ޒުލެއިޚާ ލީން ހުސެއިން / އައިޝަތު މައިލާހް އާދަމް ޒާހިރުގެ ޕެއާ އާއި ވާދަކޮށް ކައިސާ އާއި އިންޝާގެ ޕެއާ އިން މެޗު ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓް ފަސޭހަކަމާއެކު 25-07 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާއިސާ އާއި އިންޝާގެ ޕެއާ އިން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 22-11 ގެ ނަތީޖާއަކުންނެވެ.
އެޕްރީލް 15 އިން ފެށިގެން ހުޅުމާލޭ ކެރަމް ހޯލުގައި ކުރިއަށްދާ މިމުބާރާތުގެ ޖޫނިއާ އަންހެން ކެޓަގެރީގައި މިއަހަރު އަށް ޕެއާ ވާދަކޮށްފައިވާއިރު، މުބާރާތުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ސިންގަލް އެލިމިނޭޝަން އުސޫލުންނެވެ.
ގުޅުންހުރި

458 ކުޅުންތެރިންނާއެކު ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް ފެށިގެން ކުރިއަށްދަނީ

މެލޭޝިއަން މާސްޓާރސް: ހުސީ، ކެވިން އަދި އާމިރު ގޯލްޑް މެޑަލް ހޯދިއިރު، ފުރަތަމަ ދުވަހު ރާއްޖެއަށް 12 މެޑަލް!

ޑައިމަންޑް ޖުބުލީ އިންވިޓޭޝަނަލް ކަޕް : އަޝްފާގު ގައުމީ ޓީމަށް 100 މެޗު ހަަމަކުރިއިރު. ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ




