logoEN
WAMCO TOP 1
ފަސޭހަކަމާއެކު ފްލައިން އީގަލް މޮޅުވިއިރު، ވެސްޓްއެންޑާއި ޕްރޯ އެސްއޭ އިން ވެސް މުބާރާތް ފެށީ މޮޅަކާއެކު

ފަސޭހަކަމާއެކު ފްލައިން އީގަލް މޮޅުވިއިރު، ވެސްޓްއެންޑާއި ޕްރޯ އެސްއޭ އިން ވެސް މުބާރާތް ފެށީ މޮޅަކާއެކު

ހަސަން ޝަމްއޫން

logo

4/18/2026, 2:18:26 AM

# ދިވެހި ކުޅިވަރު # ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026

ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް : ފޮޓޯ: ގާފު ސްޕޯޓްސް

ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ އަންހެން ޑިވިޝަންގައި ރޭ ފަސޭހަކަމާއެކު ފްލައިން އީގަލް މޮޅުވިއިރު، ވެސްޓްއެންޑާއި ޕްރޯ އެސްއޭ އިން ވެސް މުބާރާތް ފެށީ މޮޅަކާއެކުގައެެވެ.

THE TRAVELLER AD

މުބާރާތުގެ އަންހެން ޑިވިޝަންގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ގުރޫޕް ބީގެ ވެސްޓްއެންޑާއި ލަޔަންސް އާރުސީ ވާދަކުރި މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 14-15 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެސްޓްއެންޑް އިންނެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓުގައި ލަޔަންސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތަކާއެކު ޑިފެންސް ވެސް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި 9-16 ގެ ނަތީޖާއަކުން މި ސެޓް ކާމިޔާބުކޮށް އެޓީމުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް ސެޓް 4-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވެސްޓްއެންޑް އިން މެޗު ކާމިޔާބުކުރީ ދެ ސެޓް އެއް ސެޓުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސްޓްއެންޑްގެ ތީބާ އަބްދުﷲ އެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި ރޭ ކުޅުނު ދެވަނަ މެޗުގައި ގުރޫޕް ސީގެ ފްލައިންގް އީގަލް އާއި އޮސްޕްރޭ އެސްއޭ ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ފްލައިންގ އީގަލް އިންނެވެ. މިމެޗުގެ ފުރަތަމަ ސެޓް 14-04 ގެ ނަތީޖާއަކުން ފްލައިންގ އީގަލް ކާމިޔާބުކުރިއިރު ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 20-04 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްލައިންގ އީގަލްގެ ޝާހިޔާ އާދަމް އެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި ރޭ ކުޅުނު ފަހު މެޗުގައި ގްރޫޕް ސީގެ ކުލަބު ވިކްޓްރެސް އާއި ޕްރޯ އެސްއޭ ވާދަކުރި މެޗު ފޯރިގަދަ ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕްރޯ އެސްއޭ އިންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 11-15 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕްރޯ އެސްއޭ އިންނެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް 14-11 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވިކްޓްރެސް އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް މެޗު 4-3 ގެ ނަތީޖާއަކުން ޕްރޯ އެސްްްއޭ އިން ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕްރޯ އެސްއޭގެ އާމިނަތު ޝަފާ އެވެ.

20 އެޕްރީލް 2026 އިން 24 އެޕްރީލް 2026 ގެ ނިޔަލަށް ދެ ޑިވިޝަނަކަށް ބަހާލައިގެން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި 11 ޓީމު ވާދަކުރަމުން އަންނައިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ދަނީ ބައިވެރިވި 11 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.

މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ޕްރިންޓް ޕާޓްނަރަކީ ރެޑް ކްރީޓިކް އެވެ. އަދި ކިޓް ޕާޓްނަރަކަށް ސްޕޯޓްސް އެމްޕޯރިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ. އަދި ލައިވްސްޓްރީމް ޕާޓްނަރަކަށް އޮން ދަ ފްލައި ފްރޭމްސް ހަމަޖައްސާފައިވާއިރު މިއަހަރުގެ މުބާރާތު ޓްރޮފީ ވެސް ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އިންނެވެ.

ކޮމެންޓް
ފަހުގެ
HDC