
މައިދާން އަދި ފިއުޗާސް ސްޕޯޓްސް ކުލަބު އެކަޑަމީ އިން މުބާރާތް ފެށީ އިތުބާރާއެކު
# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރު # ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް : ފޮޓޯ: ގާފު ސްޕޯޓްސް
ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖު 2026 " ގެ ފިރިހެން ޑިވިޝަން މިރޭ ކުޅުނު މެޗުތައް ފަސޭހަކަމާއެކު ކާމިޔާބުކޮށް ކުލަބު ހުޅު އަދި މައިދާން އެސްސީ އިން މުބާރާތުގެ ފެށުން ރަނގަޅުކޮފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ގުރޫޕް އޭގައި މައިދާން އެސްސީ އާއި އޯލް އެޓޭކް އެސްސީ ވާދަކުރިއިރު، މެޗުގެ ފުރަތަމަ ސެޓް އަށް ޕޮއިންޓްގެ ލީޑަކާއެކު20-12 ގެ ނަތީޖާއަކުން ކާމިޔާބު ކުރިއިރު މެޗުގެ ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 12-08 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަމަށް ހޮވުނީ ތަހުސީން އަހުސަން އެވެ.
މުބާރާތުގެ ގުރޫޕް އޭގައި މިރޭ ކުޅުުނު ދެވަނަ މެޗުގައި އައިއެޗްއެސްސީ އާއި ފިއުޗަރ ސްޕޯޓްސް އެކަޑެމީ ވާދަކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ފިއުޗާ ސްޕޯޓސް އެކަޑެމީއެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް 21 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު، 30-9 ގެ ނަތީޖާއަަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި 15 ޕޮއިންޓްގެ ލީޑަކާއެކު 11-26 ގެ ނަތީޖާއަކުން ފިއުޗާ ސްޕޯޓްސް އެކަޑަމީ މެޗު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފިއުޗާ ސްޕޯޓްސް އެކަޑަމީގެ އަހުމަދު ޝަނީޒް އެވެ...
16 އެޕްރީލް 2026 އިން 24 އެޕްރީލް 2026 ގެ ނިޔަލަށް ދެ ޑިވިޝަނަކަށް ބަހާލައިގެން، ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި އަށް ޓީމު ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމެއް ސެމީއަށް ހޮވޭއިރު، ކޮންމެ ގުރޫޕެއްގެ ދެވަނަ އަދި ތިންވަނަ ހޯދާ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުން މޮޅުވާ ދެޓީމަށް ވެސް ސެމީގެ ފުރުސަތު ލިބިގެންދާނެއެވެ.
މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ޕްރިންޓް ޕާޓްނަރަކީ ރެޑް ކްރީޓިކް އެވެ. އަދި ކިޓް ޕާޓްނަރަކަށް ސްޕޯޓްސް އެމްޕޯރިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ. އަދި ލައިވްސްޓްރީމް ޕާޓްނަރަކަށް އޮން ދަ ފްލައި ފްރޭމްސް ހަމަޖައްސާފައިވާއިރު މިއަހަރުގެ މުބާރާތު ޓްރޮފީ ވެސް ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އިންނެވެ.
ގުޅުންހުރި

މައިދާން އަދި ފިއުޗާސް ސްޕޯޓްސް ކުލަބު އެކަޑަމީ އިން މުބާރާތް ފެށީ އިތުބާރާއެކު
.jpg&w=3840&q=75)
ވާދަވެރި ކުޅުމަކަށްފަހު ކުޑަހުވަދޫ އެސްސީ ބަލިކޮށް ކުލަބު ހުޅުން ފެށުން ރަނގަޅުކޮށްފި

އެފްއޭކަޕް ފައިނަލްގެ ދެވަނަ ޖާގަ ޓީސީއަށް
.jpg&w=3840&q=75)



