logoEN
WAMCO TOP 1
ދަތުރުވެރިޔާ އުމްރާ ގްރޫޕުން އިންތިޒާމްކޮށްގެން ފުރަތަމަ ފަހަރަށް އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތަކެއް ބާއްވަނީ

ދަތުރުވެރިޔާ އުމްރާ ގްރޫޕުން އިންތިޒާމްކޮށްގެން ފުރަތަމަ ފަހަރަށް އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތަކެއް ބާއްވަނީ

# ދަތުރުވެރިޔާ

-

ދަތުރުވެރިޔާ އުމްރާ ގްރޫޕުން ގައުމީ އެއާލައިން މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި ފުރަތަމަ ފަހަރަށް އައްޑޫ ގަން އިންޓަރނޭޝަނަލް އެއާޕޯޓުން ސައުދީއަރަބިއްޔާގެ ޖިއްދާ އެއާޕޯޓަށް ސީދާ ދަތުރުތަކެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

THE TRAVELLER AD

ރާއްޖެއިން މައްކާއަށް ކުރާ ހުރިހާ ދަތުރުތަކެއް މިހާތަނަށް ކުރަމުން އަންނަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެހެންކަމުން އައްޑޫސިޓީން ޖިއްދާއަށް ކުރާ މި ދަތުރުތަކަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރާ މިފަދަ ދަތުރެވެ.

ދަތުރުވެރިޔާ އުމްރާ ގްރޫޕުގެ އޮފިޝަލަކު ގާފު އޮންލައިންއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އައްޑޫސިޓީ އިން ސައުދީގެ ޖިއްދާ އެއާޕޯޓަށް ސީދާ ދަތުރެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ދަތުރުވެރިޔާ ގްރޫޕުން އިންތިޒާމްކުރާ މި ޗާޓަރު ދަތުރުރަކަކީ އެ ގްރޫޕާއެކު އުމްރާގެ އަޅުކަމަށް ދާ މީހުންނަށް ފަސޭހަ ގޮތްތައް ހޯދައިދިނުމުގެ މަގްސަދުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި ދަތުރުގެ ލުއިފަސޭހަކަން ހާއްސަކޮށް ރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ދަތުރުވެރިޔާގެ އޮފިޝަލް ވިދާޅުވި އެވެ. އެގޮތުން އާއްމުކޮށް އުމްރާގެ އަޅުކަމަށް ދިޔުމުގެ ދެ ދުވަސް ކުރިން މާލެއަށް ކުރާ ޑޮމެސްޓިކް ދަތުރާއި، ހުރުމާއި ކެއުމުގެ ހަރަދު އެއްކޮށްހެން މި ދަތުރުގެ ސަބަބުން ސަލާމަތްވެގެން ދާނެ އެވެ. އަދި ފުރުމުގެ ކުރިން އާއިލާއާ ބައްދަލުކޮށްލުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

މި ދަތުރު ޝެޑިއުލްކޮށްފައިވަނީ، ދަތުރުވެރިޔާގެ ޖުލައި އަދި ޑިސެމްބަރު އުމްރާ ދަތުރަށެވެ. އަދި ވަރަށް އަވަހަށް މި ދަތުރުގެ ބުކިންގ އަށް ހުޅުވާލެވޭނެ ކަމަށް ދަތުރުވެރިޔާގެ އޮފިޝަލް ވިދާޅުވި އެވެ. މި ދަތުރުގައި ބޭނުންކުރާނީ، އެއްފަހަރާ 264 އުފުލޭ މޯލްޑިވިއަންގެ ވައިޑް ބޮޑީ، އޭ330 ބޯޓެވެ.

ދަތުރުވެރިޔާއިން ވަނީ އަހަރުގެ އެކި ދުވަސްތަކަށް ހާއްސަ އުމްރާ ޕެކޭޖުތަކެއް ތައާރަފްކޮށްފައެވެ.ދަތުރުވެރިޔާގެ ކޮންމެ އުމްރާ ޕެކޭޖެއް އިހުތިޔާރުކުރި ނަމަވެސް ހަރަމްފުޅާ ކައިރިން ހޮޓެލް ހަމަޖައްސައިދެއެވެ. އަދި ހަތަރު އިރު ދިވެހި ރަހަތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ސައޫދީ ސަރުކާރުން ނަގަންޖެހޭ އެންމެހާ ހުއްދަތައް ނަގައިގެންނެވެ. ދަތުރުވެރިޔާގެ ކޮންމެ އުމްރާ ވެރިއަކަށްވެސް 5 އުމްރާ ކުރުމުގެ ފުރުސަތު ހިލޭ ލިބިގެންދާނެ އެވެ. އަދި މައްކާ މަދީނާގެ ހާއްސަ ތަންތަނަށް ޒިޔާރަތް ކުރާނެ އެވެ. އުމްރާވެރިން ފުރުމުގެ ކުރިން އުމްރާ ކިޓު ހަވާލުކުރާނެއެވެ. މި ކިޓުގައި އިހުރާމް، ފޮތި، ދުއާ ކާޑު، ބެކްޕެކް, ވެއިސްޓް ބޭންޑް އަދި ފައިވާން ދަބަސް ހިމެނޭނެ އެވެ.

ދަތުރުވެރިޔާ ގްރޫޕުގެ އުމްރާ ދަތުރުތަކާ ގުޅޭ އިތުރު މައުލޫމާތު 9476612 އިން ލިބޭނެ އެވެ.

ކޮމެންޓް
ފަހުގެ
HDC