
އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ޖޫނިއަރ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ޝަމާލް އާއި ނައިސަމްގެ ޕެއާ ހޯދައިފި
# ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް# ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕް# ދިވެހި ކުޅިވަރުޖޫނިއާ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދި އަހުމަދު ޝަމާލް ސައުދުﷲ އާއި އަހުމަދު ނައިސަމް ނިސާން .. ފޮޓޯ: ގާފު ސްޕޯޓްސް
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ 13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކެރަމް މުބާރާތުގެ ޖޫނިއާ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން އަހުމަދު ޝަމާލް ސައުދުﷲ އާއި އަހުމަދު ނައިސަމް ނިސާން ހޯދައިފިއެވެ.

ހުޅުމާލޭ ކެރަމް ހޯލުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި އަބްދުالله ކިޔާން ބިން ޝާޒް / ޒާހިން ޒާލިފް އަހުމަދުގެ ޕެއާ އާއި ވާދަކޮށް އަހުމަދު ޝަމާލް ސައުދުﷲ / އަހުމަދު ނައިސަމް ނިސާންގެ ޕެއާ އިން މެޗު ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ، މިމެޗުގެ ފުރަތަމަ ސެޓް 10-18 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކިޔާން އާއި ޒާހިންގެ ޕެއާ އިންނެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް 10-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޝަމާލް އާއި ނައިސަމްގެ ޕެއާ އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓް ޝަމާލް އާއި ނައިސަމްގެ ޕެއާ އިން ކާމިޔާބުކުރީ 12-25 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގެ ފައިނަލުން ޝަމާލް އާއި ނައިސަމްގެ ޕެއާ ޖާގަ ހޯދީ ސެމީފައިނަލް ދެވަނަ މެޗުގައި ސީދާ ދެ ސެޓުން ޔޫނުސް ބިން މުހައްމަދު ބިން ހަސަން އާއި އީނާލް ހުސެއިން އަބްދުއް ރަޝީދުގެ ޕެއާ ބަލިކުރުމަށްފަހު އެވެ. އަދި ކިޔާން އާއި ޒާލިފްގެ ޕެއާ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލް ފުރަތަމަ މެޗުގައި އިސްމާއިލް ރާކިން މައުރޫފް އާއި ރައްޔާން އަބްދުﷲގެ ޕެއާ 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
އެޕްރީލް 15 އިން ފެށިގެން ހުޅުމާލޭ ކެރަމް ހޯލުގައި ކުރިއަށްދާ މިމުބާރާތުގެ ޖޫނިއާ ފިރިހެން ކެޓަގެރީގައި 20 ޕެއާ ވާދަކޮށްފައިވާއިރު، މުބާރާތުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ސިންގަލް އެލިމިނޭޝަން އުސޫލުންނެވެ.
ގުޅުންހުރި

އެސްޖީސީ އިން އިތުބާރާއެކު މުބާރާތް ފެށިއިރު، ބޮންތިގެ ފެށުން ރަނގަޅެއް ނުވި

ފަސޭހަކަމާއެކު ފްލައިން އީގަލް މޮޅުވިއިރު، ވެސްޓްއެންޑާއި ޕްރޯ އެސްއޭ އިން ވެސް މުބާރާތް ފެށީ މޮޅަކާއެކު

އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ޖޫނިއަރ އަންހެން ޑަބަލްސް ޗެމްޕިއަންކަން ކައިސާ އާއި އިންޝާގެ ޕެއާ ހޯދައިފި




