logoEN
WAMCO TOP 1
ނިލަންދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަން ގާއިމްކޮށް ހިދުމަތް ފަށައިފި

ނިލަންދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަން ގާއިމްކޮށް ހިދުމަތް ފަށައިފި

ޖަޒްލާ މުހައްމަދު

logo

4/16/2026, 10:07:05 AM

# ފ. ނިލަންދޫ# އެފްއެސްއެމް

-

ފ. ނިލަންދޫގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ ފިއުލް ސްޓޭޝަނެއް ގާއިމުކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

THE TRAVELLER AD

މިއީ ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމެއް ނެތުމުން މަސްވެރިން ހުށަހެޅި ޝަކުވާއަށް ހައްލެއް ގެނައުމުގެ ގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ކުރިއަށްގެންގޮސްފައިވާ މަޝްރޫއުއެކެވެ.

View post on Twitter

މި މަޝްރޫއުގެ ދަށުން 18 ފިއުލް ސްޓޭޝަން ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު، މިހާރު ވަނީ ރ. ދުވާފަރު، ހދ.ހަނިމާދޫ، ހއ. އިހަވަންދޫ އަދި އޭދަފުށީގައި ގައި ސްޓޭޝަން ގާއިމްކޮށް ހިދުމަތް ދޭން ފަށާފަ އެވެ. އަދި ށ.މިލަންދޫގައި ގާއިމްކުރާ ސްޓޭޝަންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން ދެން ފިއުލް ސްޓޭޝަން ގާއިމްކުރަނީ ހއ. އިހަވަންދޫ، ގދ. ފަރެސްމާތޮޑާ، ނ.މަނަދޫ، ވ.ފެލިދޫ، ތ.ހިރިލަންދޫ، އއ.މަތިވެރި، މ.މުލައް، ދ.ކުޑަހުވަދޫ އަދި ލ.ގަމުގަ އެވެ.

ސްޓީއޯއިން ބުނީ ޏ. ފުވައްމުލަކުގައި ތެޔޮ އެޅުމުގެ އިންތިޒާމު އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ބައުޒަރެއް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީ ގަން، ހުޅުމީދޫ، ފުވައްމުލަކު، ކޫއްޑޫ، ތިނަދޫ އަދި ފެލިވަރުގައިވެސް އެފްއެސްއެމްގެ ހިދުމަތް ދެ އެވެ.

މިއީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އެސްޓީއޯއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

ކޮމެންޓް
ފަހުގެ
HDC