logoEN
WAMCO TOP 1
ހިޔާނާތުގެ ކުށް އައްމަޓީގެ މައްޗަށް ސާބިތުނުވުމުން މައްސަލަ އިސްތިއުނާފުކޮށް އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފި

ހިޔާނާތުގެ ކުށް އައްމަޓީގެ މައްޗަށް ސާބިތުނުވުމުން މައްސަލަ އިސްތިއުނާފުކޮށް އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފި

އަހުމަދު ޝުރާއު

logo

4/14/2026, 12:14:45 PM

# އައްމަޓީ

-

ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޚިޔާނާތްތެރިވުމުގެ ކުށްތައް ސާބިތުނުވުމާއިއެކު އެކަން އެމައްސަލަ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފި އެވެ.

THE TRAVELLER AD

ޕީޖީ އޮފީހުން މިއަދު ބުނީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޚިޔާނާތްތެރިވުމުގެ ކުށުގެ 42 (ސާޅީސް ދޭއް) ދަޢުވާ ސާބިތުނުވާކަމަށް 9 އެޕްރީލް 2026 ދުވަހު ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް، 11 އެޕްރީލް 2026 ދުވަހު ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ މި މައްސަލައިގެ ހެކި ޤަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މިއީ މަދަނީ ޠަބީޢަތުގެ މައްސަލައެއްކަމަށް ކޯޓުން ކަނޑައަޅުއްވާފައިވަނީ އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މި ދަޢުވާތައް ސާބިތުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައި އެވެ.

މީގެ އިތުރުން، މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ދިވެހިރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި އެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، 13 އެޕްރީލް 2026 ދުވަހު އަޙްމަދު މުސާ މުޙައްމަދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރުއްވާފައިވާކަންވެސް ޕީޖީ އޮފީހުން ހާމަކޮށްފައި ވެއެވެ.

ކޮމެންޓް
ފަހުގެ
HDC