logoEN
WAMCO TOP 1
އައްމަޓީ ދޫކޮށްލަން ކުރި އަމުރު އިސްތިއުނާފު ކުރަން ނިންމައިފި

އައްމަޓީ ދޫކޮށްލަން ކުރި އަމުރު އިސްތިއުނާފު ކުރަން ނިންމައިފި

އަޙްމަދު ޖަމީލު

logo

10/21/2021, 10:30:12 AM

# ސީލައިފް# އައްމަޓީ# ކްރިމިނަލް ކޯޓު

main_featured_lg_202107040454441625399684.72

އަންހެން ކޮއްކޮއާއި ދައްތަ ޖާމިނުކޮށްފައި، ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފިއެވެ.

THE TRAVELLER AD

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު އާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި، އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމައި، އަންނަ ހަފުތާގެ ތެރޭގައި ހައި ކޯޓަށް އެ މައްސަލަ ހުށަހެޅޭނެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ކަފާލާތުގައި ދޫކުރާއިރު ޖާމިނުކުރާނެ ވަކިގޮތެއް ޤާނޫނުގައި އޮއްވާ، އެ ނޫން ގޮތްތަކަށް މައްސަލަ ނިންމީމާ ދެން ދާން ޖެހޭނީ ހައިކޯޓަށް ކަމަށް ބުނެފައެވެ.

"ދަށުކޯޓުގެ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭނެ ގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭ ކަމަކަށް ވެއްޖެ" ޝަމީމް ވިދާޅުވިއެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިން ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށްފަހު، ރާއްޖެއިން ބޭރަށްގޮސް ފިލި މައްސަލައިގައި ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި އަފީފާ މޫސާ (އަންހެން ކޮއްކޮ)ގެ އިތުރުން މަރިޔަމް ނައީމާ (ދައްތަ) ޖާމިނުކޮށް އައްމަޓީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އޭނާ ހޯދަން ފުލުހުން އުޅުމުން ރާއްޖެއިން ފުރައިގެންވަނީ ގޮސްފައެވެ. އެ ތުހުމަތުގައި އޭނާ ހޯދުމަށް 2019 ވަނަ އިންޓަރޕޯލް ރެޑް ނޯޓިސް ވެސް ނެރެފައިވެއެވެ. އޭނާ ލަންކާގައި އުޅެނިކޮށް ހައްޔަރުކޮށް ރާއްޖެއަށް ގެނެސްފައިވަނީ މިއަހަރު މާޗްމަހުގެ 24 ވަނަ ދުވަހުއެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200އަށްވުރެ ގިނަ މީހުންވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދައުވާކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC