logoEN
WAMCO TOP 1
ޓޫރިޒަމް އަދި އެންވަޔަރަމެންޓު މިނިސްޓަރު ތާރިގްވެސް އިސްތިއުފާދީފި

ޓޫރިޒަމް އަދި އެންވަޔަރަމެންޓު މިނިސްޓަރު ތާރިގްވެސް އިސްތިއުފާދީފި

އަހުމަދު ޝުރާއު

logo

4/14/2026, 8:47:11 AM

# ޓޫރިޒަމް މިނިސްޓްރީ

-

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމުން ޠާރިޤު އިބްރާހީމް އިސްތިއުފާ ދެއްވައިފި އެވެ.

THE TRAVELLER AD

ތާރިގް އިސްތިއުފާދެއްވިކަން އިތުބާރުހުރި މަސްދަރުތަކުން ގާފު ނޫހަށް ވަނީ ކަށަވަރުވެފައި އެވެ. ނަމަވެސް، ކުއްލި ގޮތަކަށް އޭނާ އިސްތިއުފާދެއްވި ސީދާ ސަބަބެއް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

އަދި މިހާތަނަށް މިކަމާއި ގުޅިގެން ތާރިގްވެސް ރަސްމީކޮށް ބަހެއް ބުނެފައި ނުވެއެވެ.

ރައީސް އޮފީހުން ދާދި ދެންމެ އަކު ވަނީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް މަގާމުން އިސްތިއުފާދެއްވިކަން ކަށަވަރުކޮށްދީފައި އެވެ. އެގޮތުން އިތުރު 9 ވަޒީރުންނާއިއެކު ތާރިގް ވެސް އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށެވެ.

ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ރިފަރަންޑްރަމް އިންތިހާބުގައި ސަރުކާރުން އުންމީދުކުރި ވަރުގެ ނަތީޖާއެއް ނެރެވިފައިނުވުމާއިއެކު ރައީސް މުއިއްޒު ވަނީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން އަރުއްވާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC