
ފަތުރުވެރިން- ފޮޓޯ:ގާފު
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖަރުމަނުވިލާތުން ބައިލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރިފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 5 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުކަމަށްވާ ޖަރުމަނުވިލާތުން މިހާތަނަށް ރާއްޖެއަށް 50،186 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް މިހާރު މަޑުމަޑުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވަމުންދާއިރު، މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 97،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި 5 ޤައުމު:
* ޗައިނާ: 109،228 ފަތުރުވެރިން* ރަޝިއާ: 93،602 ފަތުރުވެރިން* އިނގިރޭސިވިލާތް: 69،627 ފަތުރުވެރިން* އިޓަލީވިލާތް: 62،651 ފަތުރުވެރިން* ޖަރުމަނުވިލާތް: 50،186 ފަތުރުވެރިން
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 506،606 ފަތުރުވެރިން ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 186،904 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގަ އެވެ. އަދި 20،084 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ހޮޓެލްތަކުގަ އެވެ.





