logoEN
WAMCO TOP 1
ފޯޅަވަހި މޮރިޝަސްއަށް ދިނުން މަޑުޖައްސާލުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

ފޯޅަވަހި މޮރިޝަސްއަށް ދިނުން މަޑުޖައްސާލުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

# ޗާގޯސް# މޮރިޝަސް

-

ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

އިނގިރޭސިވިލާތުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދު ނުލިބޭތީ ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލު ކުރުން މަޑުޖައްސާލަން ނިންމާފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެން އަންނަ ދައުރަށް ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ތެރޭގައި ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ގުޅޭ ބިލު ވަނީ އުނިކޮށްފައެވެ.

ހާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިއީ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ދިނުމާ ގުޅޭ މަޝްވަރާތަކަށް ފުރުސަތު ލިބިގެންދިޔަ ނިންމުމެއް ކަމަށެވެ. އަދި މި މައްސަލައިގައި ހަމަހަމަކޮށް އަމަލުކޮށް، ރާއްޖޭގެ ޙައްގުތައް ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ހަމަޖެހުން ޤާއިމުކުރުމަށް ގޮވާލައްވާކަމަށްވެސް ރާއްޖޭން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.

ދިވެހިން "ފޯޅަވަހި" ކިޔާ ޗާގޯސްގެ ރަށްތަކާއި ދިވެހި ރަށްތަކާއި އެއްގޮތްކަން ބޮޑު ކަންތައްތަކެއް ހުންނައިރު ރާއްޖޭގެ ތާރީޚުގައި ފޯޅަވަހީގެ ވާހަކަތައް ގިނަކަން ފާހަގަކުރެވެއެވެ. ރާއްޖެއިން މިކަމުގައި ވަކާލާތުކުރާ ކަންކަމުގެ ތެރޭގައި މޮރިޝަސްއަކީ 17 ވަނަ ޤަރުނާހަމައަށް މީހުން ވަޒަންވެރިވެ އުޅުނު ތަނަކަށްނުވާއިރު ރާއްޖެއަކީ ދައުލަތެއްގެ ގޮތުގައި މީހުން ރަށްތަކެއްގެ މައްޗަށް ބެހި އާބާދުވެގެން ދިރިއުޅެމުން އަންނަތާ 4000 އެއްހާ އަހަރުވެފައިވާ ޤައުމެކެވެ.

ކޮމެންޓް
ފަހުގެ
HDC