logoEN
Sto top
އީޔޫ ޕާލަމެންޓުގައި ސުވާލުކުރީ ޑިއެގޯ ގާސިއާގައި އަސްކަރީ ބޭސްއެއް ހުރުމާމެދު: ސަފީރުގެ ޖަވާބަކީ އެމެރިކާއާއިއެކު އޮތީ ގާތް ގުޅުމެއް ކަމަށް!

އީޔޫ ޕާލަމެންޓުގައި ސުވާލުކުރީ ޑިއެގޯ ގާސިއާގައި އަސްކަރީ ބޭސްއެއް ހުރުމާމެދު: ސަފީރުގެ ޖަވާބަކީ އެމެރިކާއާއިއެކު އޮތީ ގާތް ގުޅުމެއް ކަމަށް!

އަހުމަދު ޝުރާއު

logo

7/16/2025, 1:39:34 PM

# ޗާގޯސް

--

ޗާގޯސް އަކީ ދިވެހިރާއްޖޭގެ ތަނެއް ނޫން ކަމަށާއި ހޯދަންވެސް ނޫޅޭކަމަށް ރާއްޖެއިން ބުނެފައިނުވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުالله ހަލީލް ވިދާޅުވެއްޖެ އެވެ.

Wamco

ޗާގޯސް އަކީ ދިވެހިރާއްޖޭގެ ތަނެއް ނޫން ކަމަށާއި ހޯދަންވެސް ނޫޅޭކަމަށް ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅުއްވާފައިވާ ސަފީރު ގީލާ އަލީ ވިދާޅުވެފައިވާ ކަމަށްބުނެ ގިނަ ބަޔަކު ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެގޮތުން ގީލާ ވަނީ އެފަދައިން ވިދާޅުވެފައިނުވާނެ ކަމަށްވެސް ވިދާޅުވެފައި އެވެ.

އެކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރު ހަލީލް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗާގޯސް އަކީ ދިވެހިރާއްޖޭގެ ތަނެއް ނޫން ކަމަށާއި ހޯދަންވެސް ނޫޅޭކަމަށް ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައިވާ ސަފީރު ގީލާ އަލީ ޔޫރަޕިއަން ޕާލިމަންޓުގައި، ވިދާޅުވެފައިވާ ކަމަށް ބުނެ ބައެއް އޮންލައިން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ ދެއްކެވި ވާހަކަފުޅުތައް އޮޅުވާލައިގެން ކަމަށެވެ.

އެގޮތުން ސަފީރަށް ޔޫރަޕިއަން ޕާރލިމެންޓުން ކުރައްވާފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާމެދު، ދެކޭ ގޮތްކަމަށާއި މި ސުވާލަލުގެ ޖަވާބުގައި ސަފީރު ވިދާޅުވެފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް މާކުރިއްސުރެ ޤާއިމުވެފައިވާ ކަމަށާއި، އަދި ދިވެހިރާއްޖެއާއި އެމެރިކާ އާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް އިތުރަށް ވިދާޅުވީ ޙަޤީގަތަކީ، ކަނޑައެޅިފައިވާ ނިޒާމުތަކާ ޚިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއްނެތި، ފޯޅަވަހީގެ ޙައްޤުތައް ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރު އެމް.ޑީ.ޕީ.ގެ ސަރުކާރުގެ ސިއްރު ސިޓީއަކުން ކަމަށެވެ.

އަދި މިކަން ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެކަމަށް ހަލީލް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC