logoEN
Sto top
ފޯޅަވަހީގެ ސިޔާދަތީ ބެލެނެވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އަދި ގެއްލިގެން ނުދޭ - ނަޝީދު

ފޯޅަވަހީގެ ސިޔާދަތީ ބެލެނެވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އަދި ގެއްލިގެން ނުދޭ - ނަޝީދު

އަހުމަދު ޝުރާއު

logo

1/24/2026, 12:58:22 PM

# ޗާގޯސް

--

ފޯޅަވަހީގެ ސިޔާދަތީ ބެލެނެވެރިކަން ލިބުމުގެ ފުރުސަތު ރާއްޖެއަށް އަދި ގެއްލިގެން ނުދާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Wamco

ނަޝީދު މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ފޯޅަވަހި ހިމެނޭ ޗާގޯސް ޖަޒީރާތައް މޮރިޝަސްއަށް ދިނުމުގެ ބިލް އިނގިރޭސި ވަތިގޭ ކަމަށްވާ ހައުސް އޮފް ލޯޑްސް ގެ ވޯޓަށް ތައްޔާރުވެފައިވަނިކޮށް ބިލަށް ވޯޓު ދިނުން ފަސްކޮށްފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެކަމުގެ ސަބަބުން ފޯޅަވަހީގެ ސިޔާދަތީ ބެލެނެވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އަދި ގެއްލިގެން ނުދާ ކަމަށެވެ.

View post on Twitter

އިނގިރޭސިވިލާތުން ނިންމާފައި އޮތީ ޗާގޯސްގެ ސިޔާދަތީ ބެލެނެވެރިކަން މޮރިޝަސް އާއި ހަވާލުކުރުމަށެވެ. ނަމަވެސް އެ ނިންމުމަށް ފުރިހަމަ ބާރު ލިބެން އޮތީ ހައުސް އޮފް ލޯޑްސްގައި ނަގާ ވޯޓަށްފަހުގައި އެވެ. ވޯޓަށް ދުވަސް ކުޑަތަންވެފައި ވަނިކޮށް އެމެރިކާގެ ރައީސް ވަނީ އިނގިރޭސިވިލާތުގެ ނިންމުމަށް ފާޑުވިދާޅޫވެފައި އެވެ. އެގޮތުން މޮރިޝަން ޗާގޯސްއާއި ހަވާލުކުރުމަކީ އިނގިރޭސިވިލާތުގެ "ގަމާރު ނިންމުމެއް" ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕު ވިދާޅުވުމާއިއެކު ޗާގޯސްގެ އަޑު ފާއިތުވި ހަފްތާގައި ވަނީ ގަދަ ވެފައި އެވެ. މިއާއިއެކު އިނގިރޭސިވިލާތުގެ އިދިކޮޅު ޕާޓީންވެސް ވަނީ ސަރުކާރުގެ ނިންމުން ބަދަލުކުރުމަށް ގޮވާލާފައި އެވެ. އަދި ސަރުކާރު ހިންގާ ލޭބާ ޕާޓީގެ މެމްބަރުންވެސް ވަނީ އެކަން މަޑުޖައްސާލަން ގޮވާލާފައި އެވެ.

View post on Twitter

ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް ދިނުމުގެ ބިލް ހައުސް އޮފް ލޯޑްސްގައި ތާވަލުކޮށްފައިވަނިކޮށް އިނގިރޭސި ބޮޑުވަޒީރު ކެއިރް ސްޓާމަރގެ ލޭބަރ ސަރުކާރުން ބިލުގެ ކަންކަން މަޑުޖައްސާލައި ވޯޓު ފަސްކުރަން ނިންމި ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.

ޗާގޯސް، މޮރިޝަސްއާއި ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމި ނަމަވެސް އެތަނުގެ ސިޔާދަތީ ބެލެނެވެރިކަން އެންމެ ހައްގީ ރާއްޖެއަށްކަން ސަރުކާރުގެ ފަރާތުން ވެސް ވަނީ އިނގިރޭސިވިލާތަށް އަންގާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC