logoEN
Sto top
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އިނގިރޭސިވިލާތުން ނިންމައިފި

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އިނގިރޭސިވިލާތުން ނިންމައިފި

އަލްފާ އަލީ

logo

10/3/2024, 10:45:41 AM

# ޗާގޯސް# ޑިއެގޯ ގާސިއާ# މޮރިޝަސް

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމައިފި އެވެ.

Wamco

އިނގިރޭސިވިލާތުން ނިންމާފައިވަނީ, މީގެ އެތައް އަހަރެއް ކުރިން ގެދޮރު ގެއްލުނުކަމަށް ބުނާ މީހުންނަށް އެނބުރި ގައުމަށް ދެވޭނެގޮތަށް އަދި ޑިއެގޯ ގާސިއާގައި އިނގިރޭސިންނާއި އެމެރިކާއިން ގުޅިގެން ހިންގާ މިލިޓަރީ ބޭސް ހިންގުމުގެ ބާރު އެމީހުންނަށް އޮންނަ ގޮތަށް މޮރިޝަސްއާއެކު ގާއިމްކުރެވުނު ހާއްސަ އެއްބަސްވުމެއްގެ ދަށުންނެވެ.

އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރ ޑޭވިޑް ލެމީ ވިދާޅުވީ, އިގިރޭސިވިލާތުން މިގޮތަށް ނިންމާފައިވަނީ, ޗާގޯސް އައިލެންޑްސްގެ ދިޔާދަތީ ބާރާ ގުޅޭގޮތުން މިހާރު ހިނގަމުންދާ މައްސަލައާ ގުޅިގެން އިނގިރޭސިވިލާތުން ޒަމާންތަކެއް ވަންދެން ޑިއެގޯ ގާސިއާގައި ހިންގަމުން އަންނަ އަސްކަރީ ބޭސް ގެއްލިދާނެ ކަމުގެ ބިރު ބޮޑުވުމުންނެވެ.

މިއަދު ގާއިމްކުރެވިގެންދިޔަ އެއްބަސްވުމާއެކު, މުސްތަގުބަލުގައިވެސް އެއްވެސް ހުރަހެއް ނެތި އެ ބޭސް ބޭނުންކުރެވޭނެ ކަމަށާއި, އަދި މުޅިދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެން ދާނެ ކަމަށް ޑޭވިޑް ވިދާޅުވި އެވެ. އަދި އޭގެ އިތުރުންވެސް ގަވާއިދާ ހިލާފަށް އިނގިރޭސިވިލާތަށް އެތެރެވުމަށް އިންޑިއާ ކަނޑު ބޭނުންކުރާ މީހުންވެސް ހުއްޓުވައި, މޮރިޝަސް އާ އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

1960 އާއި 1970 ގެ އަހަރުތަކުގައި 1،000 އަށް ވުރެ ގިނަ މީހުން ޗާގޯސް އައިލެންޑްސް ދޫކޮށްދާން މަޖުބޫރުވި ފަހުން އެނބުރި އައުމަށް ޗަގޯސިއަން މީހުން ވަނީ ކެމްޕެއިންކޮށްފަ އެވެ. ޑިއޭގޯ ގާސިއާ އަކީ ޗާގޯސް އާކިޕެލަގޯގެ ކުދި 60 ރަށުގެ ތެރެއިން އެންމެ ބޮޑު ރަށެވެ. އަސްކަރީ މަރުކަޒު 1966 ވަނަ އަހަރު ގާއިމުކުރުމަށްފަހު އެރަށުގެ ރައްޔިތުން ބޭރުކުރިއެވެ.

އިނގިރޭސިވިލާތުން 1968 ވަނަ އަހަރު މިނިވަންކަން ހޯދި މޮރިޝަސް އިން ވަނީ އެ ރަށްތަކަކީ އެގައުމުގެ އަމިއްލަ ރަށްތަކެއް ކަމަށްބުނެ އެ ރަށްތައް އެނބުރި އިނގިރޭސި ކޯޓުތަކުގައި ހޯދުމަށް މަސައްކަތްކޮށްފައެވެ.

އދ.ގެ އެންމެ މަތީ ކޯޓް ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ވަނީ އިނގިރޭސިވިލާތުން އެ ސަރަހައްދުގެ އިދާރީ ހިންގުން "ގާނޫނާ ހިލާފު" ކަމަށާއި އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ނިންމައިފަ އެވެ. ނަމަވެސް މިހާތަނަށް އިނގިރޭސިވިލާތުން ވަނީ އެ ރަށްތަކުގެ ވާހަކަތައް ފެށުމަށް ދެކޮޅު ހަދާފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC