logoEN
WAMCO TOP 1
ހުރާ ގެއެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ހުރާ ގެއެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

# ކ. ހުރާ

-

ކ. ހުރާ މީހުން ދިރިއުޅެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ގެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި އެވެ.

THE TRAVELLER AD

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ 12:30 ހާއިރު އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތުދިން ގޮތުގައި، މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ މީހެއްގެ އެއް އަތް ފިހިގެން ވަނީ ފަރުވާ ދީފައެވެ.

އެންޑީއެމްއޭއިން ބުނިގޮތުގައި، މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު 15 މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ހުރާ ކައުންސިލާ ގުޅިގެންނެވެ.

މި ހާދިސާ ހިނގަން ދިމާވި ސަބަބު މިހާތަނަށް އެނގިފައެއް ނުވާއިރު، މި ގޭގައި ރޯވި އަލިފާން ނިއްވާލެވުނީ ރޭ 2:00 ޖަހާކަންހާއިރު އެވެ.

ކޮމެންޓް
ފަހުގެ
HDC