logoEN
WAMCO TOP 1
އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުން މަތީން އިސްތިއުފާދީފި

އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުން މަތީން އިސްތިއުފާދީފި

އަހުމަދު ޝުރާއު

logo

4/12/2026, 9:18:58 AM

# އެމްޑަބްލިއުއެސްސީ

-

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ޢަބްދުލްމަތީން މުޙައްމަދު އިސްތިއުފާދީފި އެވެ.

THE TRAVELLER AD

މަގާމުން އިސްތިއުފާ ދެއްވިކަން މަތީން ހާމަކުރެއްވީ ދާދި ދެންމެ އަކު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެގޮތުން މަތީންގެ ޕޯސްޓުގައި ވިދާޅުވީ އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ނަމަވެސް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް މަތީން ހާމައެއް ނުކުރައްވައެވެ.

މަތީންގެ މަގާމުން އިސްތިއުފާ ދެއްވި އިރު މިދިޔަ ހަފްތާގައި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އިބްރާހިމް ޝާހިދުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިދު ވަކިކުރުމަށް ނިންމީ އެމްޑަބްލިއުއެސްސީގެ ބޯޑު ބައްދަލުވުމެއްގައެވެ. ދައުލަތުގެ ކުންފުނިތަކުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން އައްޔަންކޮށް ވަކިކުރުމުގެ ބާރު އޮންނަނީ އެ ކުންފުންޏެއްގެ ބޯޑަށެވެ.

މިދިޔަ ހަފްތާއިން ފެށިގެން ސަރުކާރުން އަންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ބައެއް ކުންފުނިތަކުގެ ވެރީން މިހާރުވެސް މަގާމުން ވަކިކޮށްފައިވާއިރު މި ހަފްތާގެ ތެރޭގައި އެކުންފުނިތަކަށް އައު ވެރީން އައްޔަނުކުރާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް
ފަހުގެ
HDC