
ސަސްޕެންޝަންގައި ހުރެ މުސާރަައިގެ ގޮތުގައި 3 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި ފަހުން ފަޒީލް މަގާމުން ވަކިކޮށްފި
# އެމްޑަބްލިއުއެސްސީ--
އެމްޑަބްލިއުއެސްސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މަގާމުން ވަކިކޮށްފި އެވެ.

ފަޒީލް މަގާމުން ވަކިކޮށްފައިމިވަނީ ބިންވެރިޔާ ސްކީމްގެ ތެރެއިން ނުލިބޭ ގޯއްޗަކާ ގުޅޭ ރަޖިސްޓްރީއެއް ހަދައި، އެ ހުށަހެޅި މައްސަލާގައި ސަސްޕެންޑު ކޮށްފައި ހުންނަތާ ހަމަސް ދުވަސް ފަހުންނެވެ. އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، ފަޒީލް ސަސްޕެންޑު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
ސަސްޕެންޝަންގައި ފަޒީލު ހުރީ މުސާރަ ލިބޭގޮތަށެވެ. ރާއްޖޭގެ ނޫހެއް ކަމަށްވާ " މިހާރު " ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮންމެ މަހަކު މުސާރައިގެ ގޮތުގައި ފަޒީލުއަށް އަށް 63،000ރ. ލިބޭ އިރު މިދިޔަ ހަ މަސް ދުވަސް ތެރޭ މުސާރައިގެ ގޮތުގައި އޭނައަށް ވަނީ 378،000ރ. ލިބިފައި އެވެ.
އެމްޑަބްލިއުއެސްސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ފަޒީލް މާދަމައިން ފެށިގެން މަގާމުން ވަކިކުރަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އެއީ، ކުންފުނީގެ މަސްލަހަތު ރައްކާތެރިކުރަން ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމެއް ކަމަށް އެ ޕޯސްޓުގައިވެ އެވެ.
'ބިންވެރިޔާ' ސްކީމުގެ ގޯތި ލިސްޓުގައި ނެތް ނަމަވެސް ގޯތި ލިބުނު ކަމުގެ ރަޖިސްޓްރީއެއް ފޯޖުކޮށްގެން ގޯއްޗަކާއި ހަވާލުވިކަމުގެ ތުހުމަތުކުރެވުނު ފަޒީލްގެ ބޭބެ އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒޫލް ވަނީ އެމައްސަލަ ފެންމަތިވުމާއި އެކު އިސްތިއުފާ ދެއްވާފައި އެވެ.
ގުޅުންހުރި

ސަސްޕެންޝަންގައި ހުރެ މުސާރަައިގެ ގޮތުގައި 3 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި ފަހުން ފަޒީލް މަގާމުން ވަކިކޮށްފި

އެމްޑަބްލިއުއެސްސީއިން ފައިނުގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި

އާރުޑީސީއާއި އެމްޑަބްލިއުއެސްސީގެ އެހީތެރިކަމާއި އެކު މާލޭގެ ސްޓޯރމް ވޯޓަރ ނެޓްވޯރކް ސާފުކުރަނީ
