
21 ގަޑި އިރުގެ މަޝްވަރާއަށްފަހުވެސް އެއްބަސްވުމަކަށް ނާދެވި، އެމެރިކާގެ ނައިބު ރައީސް އެނބުރި ގައުމަށް!
# އީރާން# އެމެރިކާ# ޕާކިސްތާންއެމެރިކާގެ ނައިބު ރައީސް ޖޭޑީ ވަންސް (މ) --
އެމެރިކާއާއި އީރާންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވަންސް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނައިބު ރައީސް ވަންސް މިހެން ވިދާޅުވީ، ޕާކިސްތާނުގެ އިސްލާމްއާބާދުގައި، އީރާނުގެ އޮފިޝަލުންނާއެކު ބޭއްވުނު 21 ގަޑިއިރުގެ ދިގު މަޝްވަރާ ބައްދަލުވުމަށްފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުންނެވެ.
ވަންސް ވިދާޅުވީ، އެމެރިކާގެ ހުށަހެޅުންތައް ގަބޫލުނުރަން އީރާނުން ނިންމާފައިވާ ކަމަށާއި، މިއީ އެމެރިކާއަށް ލިބުނު ދެރައަކަށްވުރެ ބޮޑަށް އީރާނަށް ލިބުނު ދެރައެއް ކަމަށެވެ. އަދި މިހާރު އީރާނަށް ހުށަހަޅާފައިވާ ޝަރުތުތަކަކީ އެމެރިކާއަށް މިހާރު ހުށަހެޅޭނެ އެންމެ ރަނގަޅު އެންމެ ލުއި ގޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި މަޝްވަރާއަށް ފަހު އީރާނުން ބުނެފައިވަނީ، އެމެރިކާއިން މަޝްވަރާތައް ހުއްޓާލުމަށް ބަހަނާ ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން އެމެރިކާގެ ހުށަހެޅުންތަކަކީ ހަނގުރާމަކޮށްގެންވެސް ކާމިޔާބު ނުވި ކަންކަން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ހުށަހެޅުނު ގިނަ ކަންކަމަށް އީރާނުން އެއްބަސްވެފައިވާ ކަމަށާއި، ހިޔާލުތަފާތުވަނީ ދެތިން ހުށަހެޅުމަކަށް ކަމަށް އީރާނުން ވަނީ ބުނެފައެވެ.
ބައެއް މީޑިއާތައް ރިޕޯޓް ކުރާ ގޮތުގައި، ހިޔާލުތަފާތުވެފައިވަނީ، ހޮރްމޫޒް ކަނޑުއޮޅި އާއި ނިއުކްލިއާ ހައްގުތަކާއި އެނޫންވެސް މައްސަލަތަކުގެ ތެރޭގައެވެ.
ގުޅުންހުރި

ސްޕިރިޓް އެއާލައިންސްގެ ހުރިހާ ފްލައިޓެއް ކެންސަލްކޮށް އޮޕަރޭޝަންތައް އެއްކޮށް ހުއްޓާލުމުގެ މަސައްކަތް ފަށައިފި

ޓްރަމްޕު ބައިވެރިވި ހަފްލާއެއްގައި ބަޑިޖަހައިފި

އީރާންގެ ހަނގުރާމަ މެދުކަނޑާލުން މުއްދަތެއް ނެތް ގޮތަށް އިތުރުކޮށްފި




