logoEN
WAMCO TOP 1
އެމްޑީޕީ ހިންގުން ދެ ރައީސުން ހިމެނޭ ކޮމެޓީއަކަށް!

އެމްޑީޕީ ހިންގުން ދެ ރައީސުން ހިމެނޭ ކޮމެޓީއަކަށް!

# އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އިބްރާހިމް މުހައްމަދު ސޯލިހް --

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ހިންގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހް ހިމެނޭހެން 6 މެމްބަރުންގެ ކޮމެޓީއަކާ ހަވާލުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.

THE TRAVELLER AD

މި ނިންމުން ނިންމާފައި މިވަނީ، ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ ކާމިޔާބީ ފާހަގަކުރަން އެމްޑީޕީން ބޭއްވި ހަރަކާތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމައިލް އަށް ވާހަކަދައްކަން ފުރުސަތު ނުދިން މައްސަލައިގައި އެމްޑީޕީ އެތެރޭގައި ފެކްޝަންތަކުގެ ކޯޅުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލަތަކުގެ ތެރޭގައި، އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހްމަދު މައުރޫފް އާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވެސް މަގާމުން ވަކިކުރި އެވެ. މި މައްސަލަތަކާއި ގުޅިގެން އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމުން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަކިކުރުމަށް ގައުމީ މަޖިލީހަށް ޕެޓިޝަނެއްވެސް ހުށަހެޅިއެވެ. އޭގެފަހުން ޕާޓީގެ އިސްސަފުގައި މަޝްވަރާތަކެއް ކުރުމަށްފަހު ވަކިކުރި މެމްބަރުންގެ މަގާމުތައް އިޔާދަކޮށް، ގަޕޯ ވަކިކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިޔުމަށް ވަނީ ނިންމާފައެވެ.

މިރޭ ބޭއްވުނު އެމްޑީޕީ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގޮތުގައި، ޕާޓީގެ ޗެއާޕާސަނަށް ލަފާދިނުމަށް 6 މެމްބަރުންގެ އިންޓެރިމް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

ކޮމިޓީގައި ހިމެނޭ ބޭފުޅުން:

  1. ޕާޓީގެ ވަގުތީ ޗެއާޕާސަން، އަބްދުލްޣަފޫރު މޫސާ
  2. ޕާޓީގެ ރައީސް، އަބްދުﷲ ޝާހިދު
  3. ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް
  4. ކުރީގެ ރައީސް، މުހައްމަދު ނަޝީދު
  5. ކުރީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއީލް
  6. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އިބްރާހިމް ނާޒިލް

މި ކޮމިޓީ އެކުލަވާލުމަށް ފާސްކުރި ނަމަވެސް މި ކޮމިޓީ ދެމި އޮންނާނީ ޕާޓީއަށް ދާއިމީ ޗެއާޕާސަނަކު އިންތިހާބު ކުރެވެންދެނެވެ.

މީގެ އިތުރުން ވެސް މިރޭގެ ބައްދަލުވުމުގައި އެ ޕާޓީން ވަނީ ޕާޓީގެ އެޑްވައިޒަރުންގެ ގޮތުގައި ސޯލިހާއި ނަޝީދު ހަމަޖެއްސުމަށް ވެސް ފާސްކޮށްފައެވެ. އަދި ދެން އޮންނަ ބައްދަލުވުމެއްގައި ކުރީގެ ރައީސްކަން ކުރައްވާފައިވާ އެމްޑީޕީގެ މެމްބަރުންނަށް ގައުމީ މަޖިލީހުން ފުރުސަތު ދިނުމަށް ފާސްކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ކޮމެންޓް
ފަހުގެ
HDC