
-
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަން ގެ މަގާމުން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގަޕޯގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް އެދި ހުށަހެޅި ޕެޓިޝަންގައި އެމްޑީޕީ ގައުމީ މަޖްލިސްގެ 55 މެމްބަރުން ވަނީ ސޮއިކޮށްފައެވެ. ގައުމީ މަޖިލިހުގެ 10 މެމްބަރަކު ސޮޔާއެކު ހުށަހަޅައިފި ނަމަ ގައުމީ މަޖިލިހުގެ ޖަލްސާއެއް ބާއްވައިދޭން ލާޒިމްކުރެއެވެ.
ގަޕޯ ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމުން އިބްރާހީމް ވަހީދު (އިބްރޭ) އާއި އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފު މަގާމުން ވަކިކޮށްފައިވަނިކޮށެވެ.
އިބްރޭ އާއި އަހުމަދު މައުރޫފު މަގާމުން ވަކިކޮށްފައިވާކަން އެންގީ އަބްދުލްޣަފޫރު ސޮއިކޮށް ފޮނުވި ސިޓީއެއްގަ އެވެ. ނަމަވެސް އެ ބޭފުޅުން ވަކިކުރި ސަބަބެއް ސިޓީގައި ވިދާޅެއް ނުވެ އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ގަޕޯ އިންތިހާބުކޮށްފައިވަނީ ގައުމީ މަޖިލީހުގެ 65 މެމްބަރުންގެ ވޯޓުންނެވެ.






