logoEN
WAMCO TOP 1
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ގަޕޯ ވަކިކުރުމުގެ މަސައްކަތް ފަށައިފި

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ގަޕޯ ވަކިކުރުމުގެ މަސައްކަތް ފަށައިފި

# އަބްދުލްޣަފޫރު މޫސާ# ގަޕޯ# އެމްޑީޕީ

-

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަންގެ މަގާމުން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަކިކުރުމަށްޓަކައި އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށްޓަކައި ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފި އެވެ.

THE TRAVELLER AD

ގަޕޯ ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމުން އިބްރާހީމް ވަހީދު (އިބްރޭ) އާއި އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފު މަގާމުން ވަކިކޮށްފައިވަނިކޮށެވެ.

އިބްރޭ އާއި އަހުމަދު މައުރޫފު މަގާމުން ވަކިކޮށްފައިވާކަން އެންގީ އަބްދުލްޣަފޫރު ސޮއިކޮށް ފޮނުވި ސިޓީއެއްގަ އެވެ. ނަމަވެސް އެ ބޭފުޅުން ވަކިކުރި ސަބަބެއް ސިޓީގައި ވިދާޅެއް ނުވެ އެވެ.

ޕެޓިޝަންގައި މިހާރު ސޮއި ކުރަމުން އަންނައިރު، މިވަގުތާއި ހަމައަށް 50 އަށްވުރެ ގިނަ ސޮއި ހަމަވެފައިވާ ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ޕެޓިޝަނުގައި ސޮއިކުރަނީ ގަޕޯ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ގައުމީ މަޖިލިހުގެ ޖަލްސާއެއް ބާއްވައި ދިނުމަށް އެދިއެވެ. ގައުމީ މަޖިލިހުގެ 10 މެމްބަރަކު ސޮޔާއެކު ހުށަހަޅައިފި ނަމަ ގައުމީ މަޖިލިހުގެ ޖަލްސާއެއް ބާއްވައިދޭން ލާޒިމްކުރެއެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ގަޕޯ އިންތިހާބުކޮށްފައިވަނީ ގައުމީ މަޖިލީހުގެ 65 މެމްބަރުންގެ ވޯޓުންނެވެ.

ކޮމެންޓް
ފަހުގެ
HDC