
-
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލީގަލް ޑިރެކްޓަރުގެ މަގާމުން އަހްމަދު މަޢުރޫފް ވަކިކޮށްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ ސޮއިކޮށް މަޢުރޫފަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މިއަދުން ފެށިގެން އޭނާ އެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މައުރޫފް ވަކިކޮށްފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) އާއި ފައްޔާޒް އިސްމާއީލަށް ތާއީދު ކުރުމުގެ ތުހުމަތުގައެވެ.
ރޭ އޮތް އެމްޑީޕީގެ އުފާފާޅުކުރުމުގެ ޖަލްސާގައި ނަޝީދާއި ފައްޔާޒަށް ވާހަކަ ދައްކަން ފުރުސަތު ނުދިނުމުން މައްސަލަ ހޫނުވި އެވެ. އެ ދެ ބޭފުޅުން ޖަލްސާއަށްވެސް ވަޑައިނުގެންނެވި އެވެ. އަދި އުފާފާޅުކުރުމުގެ ނަމުގައި ބޭއްވި ޖަލްސާ މާބޮޑު ފޯރިއެއް ނެތި އެއް ގަޑިިއިރުތެރޭ ނިންމާލި އެވެ.
އެ ޖަލްސާގައި ނަޝީދުގެ ސަޕޯޓަރުން ވަނީ "އަންނި ކޮބާ" ގޮވާ އަޑުގަދަ ކޮށްފަ އެވެ.
ގުޅުންހުރި

އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން މައުރޫފް ވަކިކޮށްފި

ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން މެނޭޖަރަކަށް މެމްބަރު ކުޑޫ!

އެމްޑީޕީ ޕްރައިމެރީ: ވޯޓު އެއްވަރުވުމުން ފެހެންދޫ ކައުންސިލްގެ ޕްރައިމެރީ އަލުން ބާއްވަނީ




