logoEN
WAMCO TOP 1
ސުލްހައިގެ މަޝްވަރާތަކަށް އީރާން އާއި އެމެރިކާގެ އޮފިޝަލުން ޕާކިސްތާނުގައި!

ސުލްހައިގެ މަޝްވަރާތަކަށް އީރާން އާއި އެމެރިކާގެ އޮފިޝަލުން ޕާކިސްތާނުގައި!

# އީރާން# މަޝްވަރާ# އެމެރިކާ# ޕާކިސްތާން

--

މެދުއިރުމަތީގައި ހިނގާ ހަނގުރާމަ ހުއްޓާލުމަށް އަމާޒުކޮށްގެން ބާއްވާ މަތީ ފަންތީގެ މަޝްވަރާތަކަށް އެމެރިކާ އާއި އީރާނުގެ އިސް އޮފިޝަލުން ޕާކިސްްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވަޑައިގެންފި އެވެ.

THE TRAVELLER AD

ގާތްގަނޑަކަށް ހަ ހަފުތާއަށް ދެމިގެންދިޔަ ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑައިލާފައިވާކަން އިޢުލާނުކޮށްފައި ވަނީ އޭޕްރިލް 7 ވަނަ ދުވަހުއެވެ.

މި މަޝްވަރާތަކުގައި އެމެރިކާ ތަމްސީލު ކުރައްވާނީ ނައިބު ރައީސް ޖޭޑީ ވޭންސްގެ އިތުރުން ހުޅަނގު އޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ސްޓީވް ވިޓްކޮފާއި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރަޑް ކުޝްނަރއެވެ. އީރާންގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވަނީ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފީއާއި ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ.

އީރާނުން އެދެނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި ހަނގުރާމައިގެ ގެއްލުމުގެ ބަދަލު ހޯދުމާއި ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް އެ ގައުމުގެ ބާރު އޮތްކަން ގަބޫލުކުރުން ފަދަ ބޮޑެތި ލުއިތަކަކަށެވެ.

ލުބްނާނަށް ޔަހޫދީ ފައުޖުން ދެމުންދާ ހަމަލާތައް މެދުކަނޑައިލާފައި ނެތުމަކީ، މި މުހިންމު މަޝްވަރާތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އެއީ، ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ހިލާފު ޖަރީމާއެއްގެ ގޮތުގައި އީރާނުން ސިފަކުރި ނަމަވެސް، ޓްރަމްޕާއި ވައިޓް ހައުސުން ވެސް ފަހުން ވަނީ އެއްބަސްވުމުގައި ލުބްނާންގެ މައްސަލަ ނުހިމެނޭނެ ކަމުގައި ބުނެފައެވެ.

ކޮމެންޓް
ފަހުގެ
HDC