
އަމީނީމަގު ތައްރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ (2023) --
އަމީނީ މަގުގެ ހުޅަނގަށްވީ ބައިގައި ތާރުއަޅައިގެން އަލުން ތަރައްގީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ނިންމައިފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ، އަމީނީ މަގު ޣިޔާސުއްދީން ސްކޫލުން ފެށިގެން ހުޅަނގަށް އޮތް ބައި ވަރަށް ބޮޑަށް ހަލާކުވެ މަރާމާތުކުރަން ޖެހިފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން އިމާރާތް ކުރުމާ ބެހޭ ވުޒާރާއާ މަޝްވަރާކޮށް ނިމިފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެމަގު މަރާމާތުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޒީމް ވިދާޅުވީ މިހާރު އެތަނުގައި އޮތް ތާރުގަނޑު ނަގާފައި އަލުން އެތަނުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. މަގު އަލުން މަރާމާތު ކުރާއިރު ޓެކްނިކަލީ ބަލަންޖެހޭ ހުރިހާ ކަމެއް ބަލާނެކަމަށް އެގޮތުން އަލުން ތާރު އަޅާއިރު ރަނގަޅު ފެންވަރަކަށް ތާރު އަޅާނެކަމަށް ނަޒީމް ވިދާޅުވިއެވެ. އަދި އެ ސަރަޙައްދުގައި ތާރު އެޅުމުގެ ކަންކަން ކުރިއަށްގެންދާއިރު ރާއްޖެއިން ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން އެ މަސައްކަތް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ނިމިދިޔަ ސަރުކާރުން 2023 ވަނަ އަހަރުގައެވެ. އެއީ 84.4 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. ނަމަވެސް 2 އަހަރުވެސް ނުވަނީސް އަމީނީ މަގުގެ ބައިތައް ވަރަށް ބޮޑަށް ހަލާކުވެ ދުއްވާ މީހުންނަށްވެސް މަގުގެ ރައްކާތެރިކަން ގެއްލިފައިވާކަމަސް ބުނެ އާއްމުން ދަނީ ޝަކުވާކުރަމުންނެވެ.
ގުޅުންހުރި

އަމީނީމަގު ހުޅަނގަށްވީ ބައި ތާރު އަޅައިގެން އަލުން ތަރައްގީކުރަނީ
.jpg&w=3840&q=75)
ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ގިނަ އަދަދެއްގެ މެޝިނަރީ ރާއްޖެ ގެނެސްފި

ތިނަދޫ މަގުހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް އާރްޑީސީއަށް




