logoEN
PNC TOP 3
ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ގިނަ އަދަދެއްގެ މެޝިނަރީ ރާއްޖެ ގެނެސްފި

ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ގިނަ އަދަދެއްގެ މެޝިނަރީ ރާއްޖެ ގެނެސްފި

# އާރުޑީސީ

-

ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ގިނަ އަދަދެއްގެ މެޝިނަރީ އާއި އުޅަނދު ރާއްޖެ ގެނެސްފިއެވެ.

PNC MID 2

ތިލަފުށީގައި ބޭއްވި ހާއްސަ އިވެންޓެއްގައި މި މެޝިނަރީތައް ދިވެހި ސަރުކާރާއި ވަނީ ހަވާލުކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް މިހާ ގިނަ އަދަދެއްގެ މެޝިނަރީ އާއި އުޅަނދު ރާއްޖެ ގެނެވިގެންދާ ފަހަރެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމުގެ މަތިން، ފެއްޓެވި މަސައްކަތެކެވެ.

މަޝްރޫއުތަަކަށް ބޭނުންވާ ގިނަ އަދަދެއްގެ މެޝިނަރީ ގެންނަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުނި ކަމަށްވާ ޗައިނާގެ އެކްސްސީއެމްޖީ އާއި ސަރުކާރުން އުފެއްދި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް)އާ ހަވާލު ކުރީ މިދިޔަ ފެބްރުއަރީ މަހެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫއުތަކަށާއި، އެހެނިހެން އުމްރާނީ މަސައްކަތްތަކަށް ބޭނުންވާ ޖުމްލަ 230 މެޝިނަރީ ވަނީ ރާއްޖެ ގެނެސްފައެވެ.

މީގެ ތެރޭގައި މަގުހެދުމަށް ބޭނުންވާ އެންމެ ޒަމާނީ އަސްފާލްޓް މެޝިނަރީ ނުވަތަ ތާރު އެޅުމަށް ބޭނުންވާ ސާމާނުވެސް ހިމެނެެއެވެ.

އަދި މި މަޝްރޫއުގެ ދަށުން، މި ތަކެތި ދާއިމީކޮށް ދެމެހެއްޓުމަށާއި، މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް އެކްސްސީއެމްޖީއާއި އައިޑީއެސް ގުޅިގެން ރާއްޖޭގައި މެޝިނަރީތައް މަރާމާތު ކުރާނެ މަރުކަޒަކާއި، ސްޕެއާ ޕާޓްސް ވިއްކާ މަރުކަޒެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC