logoEN
WAMCO TOP 1
އަމީނީމަގު މަރާމާތުކުރަން  އެއް ބައި ބަންދުކުރަނީ

އަމީނީމަގު މަރާމާތުކުރަން އެއް ބައި ބަންދުކުރަނީ

# މާލެ ސިޓީ# އަމީނީ މަގު# ދިވެހި ފުލުހުންގެ ޙިދުމަތް

އަމީނީމަގު

މާލޭގެ އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާތީ، އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ފުލުހުން ބަދަލުތަކެއް ގެނެސްފިއެވެ.

THE TRAVELLER AD

ފުލުހުން ހާމަކުރި ގޮތުގައި، މަގު ހެދުމުގެ ފުރަތަމަ މަރުހަލާ ފެށުމަށްޓަކައި މިރޭ ދަމުން ބައިގަޑިން ފެށިގެން ޓްރެފިކް ފްލޯއަށް ބަދަލުތައް އަންނާނެއެވެ.

މި މަސައްކަތުގެ ދަށުން ދިވެހިރާއްޖޭގެ އަޑު ހުންނަ ސަރަހައްދުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާ ހަމައަށް އަމީނީމަގު އެއްކޮށް ބަންދުކުރެވޭނެއެވެ. މީގެ ސަބަބުން އިއްޒުއްދީން މަގުން އަމީނީމަގަށް އުޅަނދުތަކަށް ނުވަދެވޭނެ ގޮތް ވާނެއެވެ. މި މަސައްކަތް މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށް ލަފާކުރެވެއެވެ.

މަގު ބަންދުކުރުމާ ގުޅިގެން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިރޭ 12:00 ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ބަދަލުތަކުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ފުލުހުން މާފަށް އެދި، ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިވެއެވެ. ބަންދުކުރާ ސަރަހައްދަކީ ބަސް ދަތުރުކުރާ މަގަކަށް ވީނަމަވެސް، ބަސް ރޫޓަށް އަންނާނެ ބަދަލުތައް އަދި ހާމައެއް ނުކުރެއެވެ.

View post on Twitter

އަމީނީމަގުގެ ތާރުގަނޑު ހަލާކުވެ، ދުއްވާ މީހުންނަށް ނުރައްކާވާ ފަދަ އަޑިގުޑަންތައް ހެދިފައިވާތީ، މި މަގު މަރާމާތުކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުއެވެ. ކުރީގެ ސަރުކާރުން 2022 ވަނަ އަހަރު ފެށި މި މަގު ހެދުމުގެ މަސައްކަތް މުޅިން ނިމުނީ މިއަހަރުގެ ކުރީކޮޅު ނަމަވެސް، މަގުގެ ބައެއް ހިސާބުތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން އަލުން މަރާމާތުކުރަން މިވަނީ ޖެހިފައެވެ.

ކޮމެންޓް
ފަހުގެ
HDC