logoEN
WAMCO TOP 1
ތައިލޭންޑްގައި ކުރިއަށްދާ ޓްރޭނިންގ ކޭމްޕްގެ އިންތިޒާމުތައް ވަރަށް ފުރިހަމަ: ހޭންޑްބޯޅަ މޯލްޑިވްސް

ތައިލޭންޑްގައި ކުރިއަށްދާ ޓްރޭނިންގ ކޭމްޕްގެ އިންތިޒާމުތައް ވަރަށް ފުރިހަމަ: ހޭންޑްބޯޅަ މޯލްޑިވްސް

ހަސަން ޝަމްއޫން

logo

4/10/2026, 5:14:40 PM

# ހޭންޑްބޯލް މޯލްޑިވްސް# ބީޗް ހޭންޑްބޯޅަ ޤައުމީ ޓީމު# ދިވެހި ކުޅިވަރު

ހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) އަދި ތައިލޭންޑް ނެޝަނަލް ސްޕޯޓްސް ޔުނިވާސިޓީގެ ޗާންސްލާރ.. ފޮޓޯ: ހޭންޑްބޯޅަ މޯލްޑިވްސް

ޗައިނާގެ ސަންޔާގައި މިމަހުގެ 22 އިން 30 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ މުބާރާތައް ތައްޔާރުވުމުގެގޮތުން ތައިލޭންޑްގައި މިހާރު ކުރިއަށްދާ ޓްރޭނިންގ ކޭމްޕްގެ އިންތިޒާމުތަކާއި މެދު ވަރަށް ހިތްހަމަޖެހޭކަމަށް ހޭންޑްބޯޅަ މޯލްޑިވްސް އިން ބުނެފިއެވެ.

THE TRAVELLER AD

ގައުމީ ޓީމާއެކު މިވަގުތު ތައިލޭންޑްގައި ހުރި ހޭންޑްބޯޅަ މޯލްޑްވިސްގެ ރައީސް އަހުމަދު މުޖުތަބާ ގާފު ސްޕޯޓްސްއަށް މައުލޫމާތު ދެއްވިގޮތުގައި ތައިލޭންޑް ނޭޝަނަލް ސްޕޯޓްސް ޔުނިވާސިޓީ އިން ވަނީ ދިވެހި ޓީމަށް މަރުހަބާކިއުމުގެ ގޮތުން ހާއްސަ ހަފްލާއެއް ބާއްވާފައެވެ.

މިހަފްލާގައި ތައިލޭންޑް ނޭޝަނަލް ސްޕޯޓްސް ޔުނިވާސިޓީ ޗާންސްލަރ ވަނީ ދިވެހި ޓީމުގެ ކުޅުންތެރިންނާއި ބައްދަލުކޮށް ކޭމްޕް ކުރިއަށްދާގޮތާއި، ރާއްޖޭގެ ހޭންޑްބޯޅަ ކުރިއެރުވާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

އެގޮތުން މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ހޭންޑްބޯޅަ އަދި ބީޗް ހޭންޑްބޯޅަ ކުރިއެރުވުމަށް ކޯޗުނާއި ޓެކްނިކަލް އޮފިޝަލުން ތަމްރީނުކުރުމުގައި އެހީތެރިވުމުގެ އިތުރުން ކުޅުންތެރިންނަށް އިތުރު ތަޖުރިބާ ހޯދައިދިނުމުގެ ފުރުސަތު ފަހިކޮށްދިނުމާއި ބެހޭގޮތުން ވަރަށް ކާމިޔާބު މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ.

" މުބާރާތުގެ ކުރިން ތައިލޭންޑްގައި 10 ދުވަހު ތަމްރީނު ހެދުމަށް ހަމަޖެހިފައިވާއިރު، ޕްރެކްޓިސް ކުރަނީ ތައިލޭންޑް ނޭޝަނަލް ސްޕޯޓްސް ޔުނިވާސިޓީ ބީޗް ހޭންޑްބޯޅަ ކޯޓުގައެވެ. އަދި ކޮންމެ ދުވަހަކު ދެއިރު ޕްރެކްޓިސް ކުރިއަށްދާނެ".

މީގެ އިތުރުން މިއަހަރު ތައިލޭންޑްގެ ޔުނިވާސިޓީތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހޭންޑްބޯޅަ މުބާރާތެއްގައި ދިވެހި ޓީމެއް ބައިވެރިކުރުމަށް އަޅުނޑުމެންނަށް ވަނީ ދައުވަތުދީފަ އެވެ.

އިތުރަށް ވާހަކަދައްކަމުން މުޖުތަބާ ވިދާޅުވީ މުބާރާތުގެ ކުރިން ސަރުކާރުން މިފަަދަ ޓްރޭނިންގ ޕްރޮގުރާމެއް ހަމަޖައްސައިދިނުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް، މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދުމަށް.. އަދި ތައިލޭންޑްގެ ހޭންޑްބޯޅަ ފެޑަރޭޝަން އާއި ހޭންޑްބޯޅަ މޯލްޑިވްސް އާއި ދެމެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން މިކޮޅުގައި ވަރަށް ގިނަ ކަންކަން ފަސޭހަވެގެންދޭ....

އެޕްރީލް 2026 އިން 30 އެޕްރީލް 2026 ގެ ނިޔަލަށް ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ ބީޗް ހޭންޑްބޯޅަ އިވެންޓްގައި މިފަހަރު ޖުމްލަ 14 ޓީމު ވާދަކުރާއިރު، ގްރޫޕް އޭގައި ހިމެނެނީ، ޗައިނާ، އިރާން، ފިލިޕީންސް، ހޮންގް ކޮންގް، އިންޑިއާ، ސްރީ ލަންކާ އަދި ބަހުރޭން އެވެ.

ގްރޫޕް ބީގައި ރާއްޖޭގެ އިތުރުން ހިމެނެނީ، އޭޝިއާގެ ޗެމްޕިއަން އޮމާން، ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލެންޑް، ގަތަރު އަދި މޮންގޯލިއާ އެވެ. އަދި މިގުރޫޕްގައި ހިމެނޭ އޮމާންގެ އިތުރުން ގަތަރަކީ 2024 ވަނަ އަހަރު ޗައިނާގައި ބޭއްވުނު ފިރިހެން ބީޗް ހޭންޑްބޯޅަ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ދެ ޓީމެވެ. އަދި މިއަހަރު ކްރިއޭޝިއާގައި ބޭއްވި ފިރިހެން ބީޗް ހޭންޑްބޯޅަ ވޯލްޑް ޗެމްޕިއަންޝިޕްގައި އޭޝިއާ އިން ވާދަކޮށްފައިވަނީ އޮމާން އަދި އީރާން އެވެ. އަދި މިދެޓީމަކީ މިދިޔަ އަހަރު ބޭއްވުނު އޭޝިއަން ބީޗް ހޭންްޑްބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވެސް ވާދަކުރި ދެޓީމެވެ.

ކޮމެންޓް
ފަހުގެ
HDC