
އެމްއެމްއޭ --
ޤައުމީ ޕޭމެންޓް ނިޒާމު ފަވަރަ މެދުވެރިކޮށް ދޭ ހިދުމަތްތަކާއި ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ހާއްސަ ހޮޓްލައިނެއް ތައާރަފަްކޮށްފި އެވެ.

އެމްއެމްއޭ އިން މި ހޮޓްލައިން އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގަވަރުނަރު އަހްމަދު މުނައްވަރެވެ.
މި ހޮޓްލައިނަކީ އެމްއެމްއޭގެ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ފޯރުކޮށްދޭ ޕޭމަންޓް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ އެކި އެކި މައްސަލަތައް ލުއިފަސޭހަކަމާއެކު އަވަހަށް ހައްލުކޮށްދިނުމުގެ މަގުސަދުގައި ގާއިމުކުރެވުނު ނަންބަރެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މި ހޮޓްލައިން މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ބަލައި، އެ ކަންކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެމްއެމްއޭގެ ބެލުމުގެ ދަށުން ހިންގާ ޕޭމަންޓް މޯލްޑިވްސް އިންނެވެ.އެމްއެމްއޭ އިން މައުލޫމާތުދޭ ގޮތުގައި، މާލީ ޚިދުމަތްތަކާ ގުޅޭ އާންމު ޝަކުވާތައް ހުށަހެޅުމަށް މިހާރުވެސް ބޭނުންކުރަމުންދާ 1444 ނަންބަރުގެ ޚިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެއެވެ. ނަމަވެސް އަލަށް ތައާރަފްކުރި 1544 ނަންބަރަކީ ފަވަރައާއި ޕޭމަންޓް މޯލްޑިވްސްއިން ފޯރުކޮށްދޭ އެހެނިހެން ޕޭމަންޓް ޚިދުމަތްތަކަށް ޚާއްސަކުރެވިފައިވާ ނަންބަރެއް ކަމަށެވެ.މިއީ ރާއްޖޭގެ ބޭންކިންގ އަދި މާލީ ނިޒާމުގެ ތެރެއިން ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ކަސްޓަމަރުންނަށް ދިމާވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ލިބި، ޚިދުމަތުގެ އިތުބާރު ބޮޑުވެގެންދާނެ ކަމެއްކަމަށް އެމްއެމްއޭ އިން އުންމީދު ކުރެއެވެ.
ގުޅުންހުރި

ފަވަރަ ހިދުމަތްތަކަށް ހާއްސަ ހޮޓްލައިނެއް ތައާރަފްކޮށްފި

10 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އައު ސްޓޮކެއް ގެނެސް އަންނަ މަހު އެކެއްގައި ދައުރުކުރަން ފަށަނީ

ރޯދަ މަހާ ދިމާކޮށް ކާބޯތަކެތި އިމްޕޯޓްކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން އިތުރުކޮށްފި




