logoEN
WAMCO TOP 1
ލާމު މާމެންދޫ ކައިރިން މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައިފި

ލާމު މާމެންދޫ ކައިރިން މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައިފި

# ކަނޑުމަތީގެ ހާދިސާ

ސިކްސް ސެންސަސް ލާމު ކައިރިން މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައިފި އެވެ.

THE TRAVELLER AD

ގާފު އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަންޑުންޖަހާލާފައިވަނީ “އުދަރެސް” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުންގެ ތެރެއިން އެކަކު (ބިދޭސީ އެއް) ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފައެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވިދާޅުވި އެވެ.

މި ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC