logoEN
WAMCO TOP 1
މާފިލާފުށިން މާލެ ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސް އަޑިއަށް ދަނީ

މާފިލާފުށިން މާލެ ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސް އަޑިއަށް ދަނީ

# ފުލުހުން# ކަނޑުމަތީގެ ހާދިސާ

-

މާފިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސް، އެ ލޯންޗުގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

THE TRAVELLER AD

ފުލުހުން ބުނީ، މާތިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމާ ގުޅިގެން، މެރިން ޕޮލިސް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

އަދި މީހުން ސަލާމަތްކުރުމަށް މެރިން ޕޮލިސްގެ ދެ ލޯންޗެއް އެ ސަރަހައްދުގަައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ލޯންޗުން ދަތުރުކުރި ގިނަ އަދަދެއްގެ މީހުން ވަނީ ކަނޑުވެފައެވެ. ކަނޑުވެފައިވާ މީހުން ލައިފްޖެކެޓްގެ އެހީގައި ކަނޑުމަތީގައި އޮތް މަންޒަރު ވެސް ފެނެއެވެ.

ފުލުހުން ބުނީ، ޝެރަޓަން މޯލްޑިވްސް ފުލްމޫން ކައިރީގައި ހިނގި މިހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ އެހީތެރިކަމާއެކު މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC